ބަންގްލާދޭޝްގެ ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ

Loading

Facebook
Twitter
WhatsApp

 

 

ބަންގްލާދޭޝްގެ ރަށްފުށުގެ ހިސާބެއްގައި އަލަށް އިމާރާތް ކުރި ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ އެވެ.

ކަނޑުގެ ލޮނުގަޑު އުފުލުމުން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އަދި ތޫފާންތައް ވެސް ގިނައިން އަރާ ސަރަހައްދެއްކަމަށްވާ ސަކައިރާ ޑިސްޓްރިކްޓްގައި ބިނާކޮށްފައިވާ ފްރެންޑްޝިޕް ހޮސްޕިޓަލަށް ޝަރަފްވެރި ”ރީބާ އިންޓަރނޭޝަނަލް ޕްރައިސް“ ލިބުނުކަން އިއުލާން ކޮށްފައި ވަނީ ނިމުނު ހަފުތާގައެވެ. އިނާމު އިންތިޒާމުކުރާ ފަރާތް، ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސް އިން ބުނި ގޮތުގައި މި ހޮސްޕިޓަލް ފަރުމާ ކުރުމުގައި އެހެން ހޮސްޕިޓަލް ތަކާ ތަފާތު އެތައްކަމެއް އެކުލެވިފައިވާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. މިގޮތުން ހޮސްޕިޓަލްގެ ޑިޒައިން މާހައުލާއި ތިމާވެއްޓާ ގުޅުމާ އެކު ރަހުމު ކުރުމުގެ ސިފަ ވަރަށް ބޮޑަށް ދައްކާދޭކަމަށް އެފަރާތުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ އައު ހޮސްޕިޓަލް: ތިމާވެއްޓާ ގުޅޭ ރީތި ހޮސްޕިޓަލެއް

އަމިއްލަ ގައުމުގައި އުފައްދާފައިވާ އެޅިގަލާއި އެފަދަ އެހެން ތަކެތި ބޭނުންކޮށްގެން ބިނާކޮށްފައިވާ 80 އެނދުގެ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ތަފާތު ކޯޓްޔާޑް ތަކެއްގެ މައްޗަށެވެ. އަދި އިންޕޭޝަންޓް ވިންގާއި އައުޓްޕޭޝަންޓް ވިންގް ވަކިކޮށް ދެނި އިމާރާތުގެ މެދުން ދެމިފަ އޮންނަ ހަނި ކޯރަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް