ތުރުކީގެ ސްޓެޓިސްޓިކްސް ޑައިރެކްޓަރު މަގާމުން ދުރުކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ ސްޓޭޓް ސްޓެޓިސްޓިކްސް ޗީފްގެ މަގާމުން ސައިތު އާރޑެލް ޑިންސާ ދުރުކޮށްފިއެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ތުރުކީގެ އިންފްލޭޝަންގެ ނިސްބަތް 19 އަހަރު ތެރޭގައި އަރާފައިވާ އެންމެ މައްޗަށް އެރުމާ ގުޅިގެންނެވެ.

2019ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތުރުކީގެ ރައީސް އުރްދުޣާން އަންނަނީ ގިނަ އަދަދެއްގެ މީހުން މަގާމުން ވަކިކުރަމުންނެވެ. މި ގޮތުން ސެންޓްރަލް ބޭންކުގެ ތިން ގަވަނަރުން ވެސް ވަނީ މީގެކުރިން މަގާމުން ވަކިކޮށްފައެވެ. އާރޑެލްއަކީ މިގޮތުން ވަކި ކުރެވުނު އެންމެ ފަހު މީހާއެވެ.

2021ވަނަ އަހަރު ޑިންސާރ ނެރުނު އިންފްލޭޝަން ޗާޓުގެ ސަބަބުން ސަރުކާރާ ދެކޮޅު މީހުންގެ އިތުރުން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިންފްލޭޝަން ރޭޓްތައް ވަނީ ވަރަށްބޮޑަށް ކުޑަކޮށް ރައްޔިތުންނަށް އޮޅުވާލާފައެވެ. އަދި އެމީހުން ބުނެފައިވާ ގޮތުގައި ތުރުކީގައި ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދަކީ ރިޕޯޓްކުރެވިފައިވާ ވަރަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.

ނަމަވެސް އުރްދުޣާން ވަނީ ޗާޓްގައި ބަޔާންކޮށްފައިވާ އަދަދަކީ މާ ބޮޑު އަދަދެއްކަމަށް ބުނެ ސްޓެޓިސްޓިކްސް ޑިޕާޓްމެންޓަށް ފާޑުވިދާޅުވެފައެވެ.

މި މަހުގެ ކުރީކޮޅު ޑިންސާރ ދިން އިންޓަވިއުއެއްގައި ވަނީ އޭނަ އަށާއި އޭނާއާއެކު މަސައްކަތް ކުރާ އިތުރު މީހުންނަށް ހޯދިފައިވާ އިންފްލޭޝަންގެ އަދަދަށްވުރެ މާ ކުޑައަދަދެއް ކޮންމެ އަހަރަކު ނެރުމަކީ އުނދަގޫ ކަމެއްކަމަށް ބުނެފައެވެ. އަދި ތުރުކީގެ 84 މިލިއަނެއްހާ ރައްޔިތުންނަށް އޭނާ އަދާ ކޮށްދޭން ޖެހޭ ހައްގެއް އޮންނަ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ހޮނިހުރި ދުވަހު އުރްދުޣާން ވަނީ އާ ޖަސްޓިސް މިނިސްޓަރެއްވެސް އައްޔަނު ކކުރައްވާފައެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު އަބްދުލްހަމިތު ގުލް ޓްވިޓާގައި ވަނީ މަގާމުން އިސްތއުފާ ދެއްވާފައިވާކަން ހާމަކުރައްވާފައެވެ. އާ ޖަސްޓިސް މިނިސްޓަރެއްގެ ގޮތުގައި އައްޔަނު ކުރެއްވީ ކުރީގެ ޕްރައިމް މިނިސްޓަރު ބެކިރް ބޮޒްޑެގްއެވެ.

ސިޔާސީ ގިނަ ފަރާތްތަކަކުން ވަނީ ގިނަ ބަދަލުތަކެއް ކުއްލިއަކަށް ގެނައުމުގެ ސަބަބުން ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ. ޑޭވަ ޕާޓީގެ ފައުންޑަރު އަލީ ބާބަކަން ޓްވިޓާގައި ވަނީ ސަރުކާރުގެ މަގާމުތަކަށް ގިނަ ބަދަލު ތަކެއް ގެނަސްފައި ވަނީ ކީއްވެ ކަމާ ބެހޭގޮތުން ސުވާލު އުފައްދަވާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް