އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސް އެކަށައަޅުއްވައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/11 މިއަދު ދިވެހިސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރައްވާފައެވެ.

ރައީސްގެ މި ޤަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ ދަށުން ޝާއިޢުކޮށްފައިވާ ޤަރާރެކެވެ.

މި ޤަރާރުގެ ޖަދުވަލުގައި، އިސްވެ ބަޔާންކޮށްފައިވާ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ބަޔާންކުރައްވާފައެވެ.

އެޤަރާރުން ފަތުރުވެރިކަމުގެ ބޭނުމަށް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަމަށާއި ދައުލަތުގެ މުހިއްމު ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްވަނީ ހިމަނާފައެވެ.

އަދި އެ ދާއިރާތަކުން މުހިއްމު ބައެއް މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރު ވަނީ އެ ގަރާރުގައި ބަޔާންކުރައްވާފައެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް