މާފުށީ ޖަލު ބަލާ ފާސްކުރަނީ

Loading

Facebook
Twitter
WhatsApp

ކަރެކްޝަނަލް ސަރވިސްއިން ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި މާފުށީ ޖަލުގައި ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.


ކަރެކްޝަނުން ވަނީ މިކަންހާމަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދޭތެރެ ދޭތެރެއިން ޖަލަށް މަނާތަކެތި ވެއްދުމުގެ މައްސަލަތައް ދަނީ ފާހަގަވަމުންނެވެ.

މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމުކޮށް، ޖަލައް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް މި މަހު 15 ގައި ހަދާފައި ވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް