ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ ބިއްލޫރި ގަނޑު ތަޅައިލައިފި

Loading

Facebook
Twitter
WhatsApp

މާލޭ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ.

މި ހާދިސާ ހިނގައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މިސްކިތަށް ލިބިފައިވާ މި ގެއްލުންތަކާ ގުޅިގެން މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މިސްކިތުގެ ބިއްލޫރިގަނޑު ތަޅައިލައިފައިވާ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، މި ފިނޑި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފައެވެ.

މޭޔަރ ވިދާޅުވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް މި ފަދަ ގެއްލުންތައްދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވައިލައްވާ ކަމަށެވެ.

މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީގެ މިސްކިތްތަކަކީ އެންމެހައި ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަންކަމަށެވެ. މި ފަދަ ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް