އަދިވެސް އެންމެ މަގުބޫލު ތަރިއަކީ އަމީތާބު: އެހެން ތަރިން އަމީތާބުގެ ފަހަތުގައި

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ ”ޝަހެންޝާހް“ އަމީތާބް ބައްޗަން މަޝްހޫރުކަމާއި މަގުބޫލުކަމުގެ ރޮނގުން އެހެން ހުރިހާ ތަރިން ފަހަތަށް ޖައްސައިފިއެވެ. މިއީ އަމީތާބަށް އައު ކަމެއް ނޫނެވެ. އޭނާ ވަނީ މިކަން އެތައް ފަހަރަކު ތަކުރާރުކޮށްފައެވެ.

އިންޑިއާގެ ”އިންޑިއާ ޓްޑޭ“ މަޖައްލާއިން މަގުބޫލު ތަރިން ހޮވުމަށް ކުރި ދިރާސާއަކުން އަމީތާބަށް 30.6 ޕަސެންޓު ލިބުނު އިރު ދެވަނައަށް ދިޔަ އަކްޝޭއަށް ލިބުނީ އެންމެ 12 ޕަސެންޓު ވޯޓެވެ.

ސާވޭއިން ދެއްކި ގޮތުގައި ތިންވަނަ އާއި ހަތަރު ވަނަ ލިބުނީ ސަލްމާނަށާއި ޝާހު ރުޚު ޚާނަށެވެ. ސަލްމާނަށް 7 ޕަސެންޓު ވޯޓު ލިބުނު އިރު ޝާހު ރުޚު ޚާނަށް ލިބުނީ 5.2 ޕަސެންޓެވެ. ސާވޭއިން ފަސް ވަނަ ލިބުނީ ތަމަޅަ ފިލްމީ ދުނިޔޭގެ ރަސްގެފާނު ރަޖްނީ ކާންތަށެވެ.

އަމީތާބް ހިމެނެނީ ހިންދީ ފިލްމީ ޝަޚްޞިއްޔަތުންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ ތަރިންގެ ތެރޭގައެވެ. ފިލްމު ކުޅުމުގެ އިތުރަށް ޓެލެވިޒަން ގޭމް ޝޯ ”ކޯން ބަނޭގާ ކްރޯޅުޕަތީ“ ހުށަހަޅައި ދިނުމުގެ އިތުރަށް އަގު ބޮޑު އިޝްތިހާރުތައް ކުޅުމަށް އަމީތާބު ދަނީ ވަގުތު ދެމުންނެވެ. އަދި ދާދިފަހުން އޭނާ ވަނީ ޢިމްރާން ހާޝިމީއާއެކު ފިލްމު ”ޗެހެރޭ“އިން ވެސް ފެނިގެން ގޮސްފައެވެ.

ސާވޭއިން ދެވަނަ ލިބުނު އަކްޝޭ ކުމާރު ވަނީ ކާމިޔާބު ސުޕަ ހިޓް އެތައް ފިލްމެއް ކުޅެފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމުތަކުގެތެރޭގައި ހިމެނޭ ”ބެލް ބޮޓަމް“އާއި ”ސޫރިޔާ ވަންޝީ“އަށް ވަނީ މާލީ ގޮތުން ވެސް ވަރަށް ބޮޑު އާމުދަނީއެއް ލިބިފައެވެ.

ސަލްމާން ޚާނަށް ”ޓައިގަރ 3″ގެ ސަބަބުން އަދި ޝާހު ރުޚު ޚާނަށް ”ޕަޓާން“ގެ ސަބަބުން ޚަބަރުތަކުގެ ތެރިން މިދިޔަ އަހަރު ޖާގަ ލިބިގެންދިޔަ އިރު ރަޖުނީ ކާންތުގެ ނަން މިދިޔަ އަހަރު ދަމަހައްޓައި ދިނީ ދާދިފަހުން އެޅުވި އޭނާގެ ފިލްމު ”އަނާތޭ“ގެ ސަބަބުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް