ޔޫކްރޭންގެ ސަރަހައްދީ އިމުގެ މައްސަލަ ހައްލުކުރުމަށް އިގިރޭސިވިލާތުން އައު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށަނީ

ޔުކްރޭންގެ ސަރަހައްދީ މައްސަލައިގެ ތެރެއަށް އިނގިރޭސިވިލާތުން ވެސް ވަދެ އިތުރު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށަން ގަސްތުކުރާކަން އެގައުމުން އިއުލާން ކޮށްފިއެވެ. މިގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ފޯނުން ގުޅުއްވައި ކުރައްވާ މަޝްވަރާތަކުގެ އިތުރުން ބޮރިސް ޖޯންސަން އިރުމަތީ ޔޫރަޕްއަށް ދަތުރު ފުޅުތަކެއް ކުރައްވަން ގަސްތު ކުރައްވާކަން ވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އަދި ޕުޓިން އާއެކު ބާއްވަވާ ވާހަކަފުޅުތަކުގައި ރަޝިޔާއިން ފަހަތަށް ޖެހި ޑިޕްލޮމެޓިކް އުސޫލުތައް އިސްކުރުމުގެ މުހިންމު ކަމުގެ […]

​ބޫސްޓާ ޑޯޒް ނުޖަހާނަމަ ހައްޖާ އުމްރާއަށް ނުދެވޭ!

​ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން އިއުލާން ކޮށްފިއެވެ. ​ސައުދީގައި ބޫސްޑާ ޑޯޒް އަވަހަށް ޖެހުމަށް ބާރު އެޅުމުގެ ގޮތުން، ދެ ޑޯޒް ޖަހައި އަށް މަސް ވެފައިވާ މީހުން ފެސިލިޓީ ތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނުގެ އިތުރުން މުނިފޫހިފިލުވާ ތަންތަނާއި އެއާޕޯޓް އަދި އާއްމު ދަތުރުފަތުރު ކުރާ ތަންތަނުގައި ވެސް ނޫޅެވޭ […]

ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ބަޔަކު މަރުވެއްޖެ

ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ހަތަރު މެމްބަރުންގެ އާއިލާއެއް މަރުވެފައި ތިއްބާ ފެނިއްޖެ އެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ޖަގްދީޝް ޕަޓޭލް އާއި އޭނާގެ އަންހެނުން އުމުރުން ތިރީސް ހަތްއަހަރުގެވައިޗާބަން ޕަޓޭލްގެ އިތުރުން އެމީހުންގެ ، އުމުރުން އެގާރަ އަހަރާ ތިންއަހަރުގެ ކުޑަ ދެދަރިން، ދެގައުމު ގުޅުވާދޭ ސަރަހައްދީ ރޮނގު ކައިރީ ހުސް ބިމެއްގައި މަރުވެފައި ތިއްބާ ފެނިފައި ވަނީ މިދިޔަ ހަފުތާގައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ރަސްމީ […]

ހަތިޔާރުއެޅި އެމެރިކާ މީހުން ޔޫކްރޭނުގައި ހަރަކާތްތެރިވުމުގެ ބޭނުމަކީ ކޮބާ؟

ޔޫކްރޭނަށް ރަޝިއާ އަރާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރޭނަށް އެހީގެ ގޮތުގައި ގިނަ ހަތިޔާރުތަކެއް ފޮނުވާފައެވެ. މި ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުން ޔޫކްރޭނަށް 100 ޓަނުގެ ހަތިޔާރު ފޮނުވާފައިވާކަމަށް ޔޫކްރޭނުގެ ވެރިރަށް ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ހާމަކޮށްފައެވެ. ރަޝިއާއިން ގިނަ އަދަދެއްގެ ސިފައިން ޔޫކްރޭނުގެ ބޯޑަރު ކައިރިއަށް ޖަމާކުރުމާ ގުޅިގެން ޔޫކްރޭނުގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އެކަމާމެދު ނުތަނަވަސްކަން ފާޅުކޮށްފައެވެ. އަދި […]

މިއީވެސް ދުލާއި ގަލަމުގެ މިނިވަންކަން ހެއްޔެވެ؟

ދުލާއި ގަލުމުގެ މިނިވަންކަން ނުލިބޭނަމަ އެކަން ހޯދަން މަސައްކަތްކުރުން އެއީ ވާޖިބުކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. ދިރިހުރި ކޮންމެ އެއްޗަކަށްވެސް މިނިވަންކަން ބޭނުންވާފަދައިން އިންސާނާއަށްވެސް މިނިވަންކަން ބޭނުންވެއެވެ. އެހެން އެއްޗެއްސަށްވުރެން ބޮޑަށް އިންސާނާއަށް މިނިވަންކަން ބޭނުންވެއެވެ. އިންސާނާއަށް މިނިވަންކަން ބޭނުންވުން ހައްދުންނެއްޓިފައިވާ މިންވަރުގެ ބޮޑުކަމުން އޭނާއަށް ލިބިފައިވާ މިނިވަންކަމުގެ ބޮޑު ނިޢުމަތްވެސް އޮންނަނީ ހަނދާނުން ކައްސާލާފައެވެ. އެހެންގޮތަކަށްބުނާނަމަ ހަނދާނުން ކައްސުވާލާފައެވެ. ކިއުންތެރިންގެ ސަމާލުކަމަށް ދަންނަވާލަން ބޭނުންވަނީ އިންސާނާ ހޯދަން މަސައްކަތް ކުރަމުންގެންދާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ތެރެއިން ކުޑަކުޑަ […]

ރައްޔިތުންނަށް ފެނިގެން ދާނީ ގޭންގުތައް މައިތިރި ކުރަން ނުކުންނަ ފޯސް މައިތިވާތަން

ހުރިހާ ގޭންގްތައް އުފެދުނީ މާލެއިންނެވެ. ގޭންގް ތަކުން ރައްޔިތުންނާ ބެހިއެއް ނުއުޅެ އެވެ، ގޭންގް ތަކަކީ ސަރުކާރުގެ މަތީ ފަންތީގެ ބޮޑުން އިސްވެ ތިއްބައިވައިގެން ޒުވާނުންނަށް ފައިސާ ދީގެން އެބޭފުޅުން ބޭނުންފުޅުވާ އެކި ޖަރީމާތައް ހިންގުމަށް ޓަކައި އެބޭފުޅުން ގެންގުޅުއްވާ ބައިގަނޑެކެވެ. ގޭންގްތަކަކީ ފައިސާދީގެން ފަނޑިޔާރުންނާއި ސިޔާސީ ފަރާތް ތަކަށް ބިރުދެއްކުން ފަދަ ކަންކަން ކުރުމަށް ބޮޑެތި ބޭފުޅުން އަޑީގައި ތިއްބަވައިގެން ގެންގުޅޭ ބައެކެވެ. ގޭންގުތަކާ ގުޅިފައިވާ ސިފައިންނާއި ފުލުހުން ތިބޭ ކަމުގެ މަޢުލޫމާތު ވެސް ލިބެއެވެ. […]

ރޮކެޓެއް ހަނދަށް ވެއްޓެނީ

މަހުޖަނު އެލޯން މަސްކުގެ ސްޕޭސް އިދާރާ ސްޕޭސް އެކްސް އިން ޖައްވަށް ދޫކޮށްފައިވާ ރޮކެޓެއްގެ މިސްރާބު ހުރިގޮތުން ހަނދުގައި ޖެހެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ހަނދުގައި ޖެހުމަށްފަހު ނުވަތަ ހަނދަށް ވެއްޓުމަށްފަހު ރޮކެޓް ގޮވާނީ ކަމަށާއި މިކަމުން ހަނދަށާއި ހަނދުގެ ވެއްޓަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށް މާހިރުން ބުނެފައިވެއެވެ. މިރޮކެޓް ހަނދަށް ވެއްޓޭނެ ކަމަށް ބެލެވެނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ފެލްކަން 9 ބޫސްޓަރގެ ނަމުން ނަންދީފައިވާ ރޮކެޓް ހަނދަށް ފޮނުވާފައި ވަނީ 2015 ވަނަ އަހަރުއެވެ. […]

އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާ ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް

    އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާކުރެވޭނީ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.   ކަސްޓަމްސް އިން މިއަދު ބުނީ އުޅަނދުފަހަރުންގެ އޭޖެންޓް ލައިސަންސް އާ ކުރުމަށް އެޕްލިކޭޝަން ފޯމު ކަސްޓަމްސް އޮފީހަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އާކުރެވޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.   ކަސްޓަމްސް އާންމު ގަވާއިދުގެ 228 ވަނަ މާއްދާގައިވާ ގޮތުން އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ […]

ހިޔާ ފްލެޓްތަކުގެ ކުނި އުކުމަށް އަދި ބިލް ނުކުރާނެ: ވެމްކޯ

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުގައި އުފެދޭ ކުނި އުކުމަށް އަދި ބިލް ނުކުރާނެ ކަމަށް ކުނި އުކުމުގެ ހިދުމަތް ދޭ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ އެޕާޓްމަންޓްތަކުގައި  އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ ’ހައުސްހޯލްޑް‘ ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެ ކުރިން ނިންމާފައި ވީ ނަމަވެސް، އެ ނިންމުން މިހާރު […]

އެއާޕޯޓުގައި ހުރި ފަތުރުވެރިޔަކު ކުއްލިގޮތަކަށް މަރުވެއްޖެ

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ފަތުރު ވެރިޔާ އަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓްގައި ހުރި ފަތުރުވެރިޔެކވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މި ފަތުރުވެރިޔާގެ މަރާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން […]