އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާ ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް

Loading

Facebook
Twitter
WhatsApp

 

 

އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާކުރެވޭނީ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

 

ކަސްޓަމްސް އިން މިއަދު ބުނީ އުޅަނދުފަހަރުންގެ އޭޖެންޓް ލައިސަންސް އާ ކުރުމަށް އެޕްލިކޭޝަން ފޯމު ކަސްޓަމްސް އޮފީހަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އާކުރެވޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

 

ކަސްޓަމްސް އާންމު ގަވާއިދުގެ 228 ވަނަ މާއްދާގައިވާ ގޮތުން އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން އެއް އަހަރެވެ. މިގޮތުން ލައިސަންސް މުއްދަތު ހަމަވުމުން ލައިސަންސް އާ ކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

ކަސްޓަމްސް އިން ބުނީ އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް އާކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ފެށުމާ ގުޅިގެން ލައިސަންސްގެ މުއްދަތު ހަމަވުމުން އޮޓޮމެޓިކުން ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ހިދުމަތް އަލުން ލިބޭނީ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް އާކުރުމަށްޓަކައި ހިދުމަތަށް ފައިސާ ދެއްކުމުންނެވެ. ކަސްޓަމްސް އިން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ހެދޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ.
ލައިސަންސް އާކުރުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ”ޝިޕިން އެޖެންސީގެ ލައިސަންސް“ގެ މުއްދަތު ހަމަވެފައިވާނަމަ، އެ ލައިސަންސްސް އާ ކުރުމަށްފަހު ކަސްޓަމްސްގެ އީމެއިލް މއިލް ކުރަންޖެހެއެވެ.

ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރުމަށްފަހު ޑޭޝްބޯޑް ޕޭޖުގައި ރިނިއު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލިންކަށް ވަދެ ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމުން ލަސްނުކޮށް ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް