ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ ބޯޑުގެ މެންބަރުކަމަށް ފުރުސަތުހުޅުވާލައިފައިވަނީ ދެ ދާއިރާއަކުންކަމަށެވެ. އެއީ އާންމު ސިއްޚަތާ ބެހޭ ތަޖުރިބާކާރެއްގެ އިތުރުން ކޮންޒިއުމާ ހައްގުތަކާ ބޭހޭ ދާއިރާގެ ފަރާތެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. ދުންފަތްކޮންޓްރޯލްކުރުމާ ބެހޭ ބޯޑަކީ 2010 ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދާފައިވާ ބޯޑެކެވެ. މި ބޯޑުގެ މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރެވެ. ބައިވެރިވާ […]

ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރީމަންޓްގައި ސޮއިކުރަންފެށޭނެ: އެފްޑީސީ

ހުޅުމާލޭ ފޭސްދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރިމަންޓްގައި ސޮއިކުރަންފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ. އެފްޑީއެފްސީން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މިހާރު ފްލެޓްގެ އެގްރީމަންޓްތައް ވެސް ހުރީ ޕްރިންޓްކޮށް ނިމިފައިކަމަށެވެ.  އަދި އިތުރު މައުލޫމާތު އާންމު ކުރާނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން 4000  ފްލެޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު  މި ފްލެޓްތައް އާންމުންނާ ހަވާލުކުރުން ލަސްވާތީ […]

ކާއްޓާއި ކަރާ ބަހަންފަށައިފި

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކަރާ އާއި ކާށި ބަހަން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ބަހަމުން ގެންދާ ކާއްޓާއި ކަރައަކީ ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން އެ ކައުންސިލަށް ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ. ކައުންސިލުން ބުނީ މިތަކެތި ބެހުން ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި  ( ސައިތޭކޮށި) ގައި ކަމަށެވެ. މިއަދު ހެނދުނު ހެނދުނު 09:30 ން 15:00 އަށް އަދި  ރޭގަނޑު […]

 ދެ ރައީސުން ތިބިކަމަށް ބުނާ މައްސަލަ ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރު ކޮށްލައިފިއެވެ.މި ގަރާރު މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް 40 މެންބަރުން ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަތުމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި އޮޕަރޭޝަނަކާއި ގުޅިގެން ހޭފުޅުނައްތާފައި […]

ހަސަން ކުރުސީ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ އެހީތެރިކަމަށް އެދިއްޖެ

ޓުވިޓާގައި ހަރަކާތްތެރިވާ މަޝްހޫރު “ހަސަން ކުރުސީ” އަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައި ވަނިކޮށް އޭނާ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ ފަރާތްތަކެއްގެ އެހީތެރިކަމަށް އޭނާ އެދިއްޖެއެވެ.ހަސަން ކުރުސީގެ ނަމުގައި ޓްވީޓަރ އެކައުންޓް ހިންގާ ފަރާތެއް ހޯދަން ފުލުހުން މަސައްކަތް ފަށާފައި މިވަނީ މޮރިޝަސް ސަރުކާރަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްކަމަށް ބުނާ އަސްލެއް ނެތް ސިޓީއެއް އާއްމުކުރުމުންކަމަށް ވެއެވެ.  އަދި ފުލުހުން އޭނާ ހޯދަން ފަށާފައިވާއިރު ހަސަން ކުރުސީގެ ނަމުގައި ހިންގާ […]

ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފައްދައި، ނޫސްވެރިން ބިރުވެރި ކަމަކަށް ވެއްޓިދާނެ ކަމަށް އެމްޖޭއޭއިން ބުނެފި

ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފެދިފައިވާކަމަށާ ނޫސްވެރިން އިތުރު ބިރުވެރި ކަމަކަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން ހެއްކާބެހޭ ގާނޫނުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި އެމްޖޭއޭ އިން ބުނެފައިވަނީ މަޖިލިސް ޗުއްޓީއަށް ދާއިރު އަނެއްކާ ބިލު […]

ހުޅުމާލޭގައި ކުރިއަށްގެންދާ ތަމްރީނުގައި ޖަހާ ބަޑީގެ ވަޒަން ދަތުރުކުރާނީ 11 ނޯޓިކަލް މޭލު ބޭރުން: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ”އެމް.އެން.ޑީ.އެފް“ އިން ހުޅުމާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ އަސްކަރީ ތަމްރީނުގައި  ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފްއިން ބުނީ މިތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 06:00 އިން 17:30 އަށް ކ. ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ […]

ފަރެސްމާތޮޑާ ވެއްޔަށް ބޭނުންވެފައި ވަނިކޮށް ފުވައްމުލަކަށް ވެލިގެންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

ގދ. ފަރެސްމާތޮޑާ ރަށްޔިތުން އެރަށުގެ އެކި ކަންކަންމަށް ވެލި ބޭނުންވެ އެކަމުގެ މަޝްވަރާތަށް ސަރުކާރުގެ އިދާރާތަކާ ކޮށްފައި ވަނިކޮށް އެރަށުގެ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށު ފުޓުބޯޅަ ދަނޑަށާއި އަދި ރަށް ހިއްކުމަށް ބޭނުންވާ ވެލި ބޭނުންވެފައިވާއިރު އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. “ ފަރެސްމާތޮޑާ ފުޓްބޯޅަދަނޑު ރަނގަޅު […]

ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއްވެ ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއްވެއްޖެއެވެ. މި ޒުވާނާ އަކީ ކާކުކަމެއް އަދި ސާފެއްނުވެއެވެ. މަންޒަރު ދުށް މީހަކު ސަންދާނަށް ކިޔައިދިން ގޮތުގައި މި އެކްސިޑެންޓްވީ ޒަހަމްވި ޒުވާނާ ހުޅުމާލޭ ފޭސް 1 މެންދުރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ޒުވާނާ އަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ. އިން ފޭސް ދެއަކަށް އަންނަ އައި މަގުމަތީގައި ފޭސް 2 އިން ދިޔަ […]

އައްޑޫ ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މެދުކަޑާލަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މާދަމާގެ ވަގުތެއްގައި މެދުކަޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހޮސްޕިޓަލުން ބުނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދު ގެ ވަގުތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއާޕޯރޓް އެމަރޖެންސީ އެކްސަސައިޒްއާއި ގުޅުވައިގެން ފުލް-ސްކޭލް މާސް ކެޝުއަލްޓީ މެނޭޖްމަންޓް ޑްރިލްއެއް އެހޮސްޕިޓަލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ”މިހަރާކާތް ކުރިޔަށްދާ ވަގުތުގައި އެމަރޖެންސީ ހިދުމަތްތައް ފިޔަވައި އެހިނިހެން ހިދުމަތްތައް […]