ފަރެސްމާތޮޑާ ވެއްޔަށް ބޭނުންވެފައި ވަނިކޮށް ފުވައްމުލަކަށް ވެލިގެންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

Loading

Facebook
Twitter
WhatsApp

ގދ. ފަރެސްމާތޮޑާ ރަށްޔިތުން އެރަށުގެ އެކި ކަންކަންމަށް ވެލި ބޭނުންވެ އެކަމުގެ މަޝްވަރާތަށް ސަރުކާރުގެ އިދާރާތަކާ ކޮށްފައި ވަނިކޮށް އެރަށުގެ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށު ފުޓުބޯޅަ ދަނޑަށާއި އަދި ރަށް ހިއްކުމަށް ބޭނުންވާ ވެލި ބޭނުންވެފައިވާއިރު އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

“ ފަރެސްމާތޮޑާ ފުޓްބޯޅަދަނޑު ރަނގަޅު ފެންވަރެއްގައި ހެދުމަށްޓަކައި ބޭނުންވާ ވެލި ފަރެސްމާތޮޑާ އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށް ޔޫތުމިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެމްޓީސީސީ އާއި ދެމެދު މަޝްވަރާ ކުރެވި އެމަސައްކަތަށް ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތް ނުފެށިފައި ވަނިކޮށް އަދި ފަރެސް މާތޮޑާ ދެކުނު ފަރާތް ހިއްކުމަށްޓަކައި ބޭނުންވާ ފަސް ނެގުމަށް ސާވޭގައި ހިމެނިފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވާހިނދު ޏ. ފުވައްމުލަށް ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންކުރެއްވުމަށް ފަރެސްމާތޮޑާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން 45000 ގޮޑި މީޓަރުގެ ވެލި ޏ. ފުވައްމުލަކަށް ގެންދާ ދިއުމަކީ ވަރަށް ޒިންމާދާރު ކުޑަ ގޮތެއްގައި ކުރައްވާ ކަމެއް ކަމުގައި ފަރެސްމާތޮޑާ ކައުންސިލުން ދެކެމެވެ.“ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

https://fb.watch/k5_OXrEImU/
ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ފަރެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި ކަމަށެވެ.
”މިހާރުން މިހާރަށް މިކަން ހުއްޓުވައިދިނުމަށް ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ދަންނަވަން،“ ބަޔާނުގައި ވެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. 422 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމް.ޓީ ހޯގާޑާއެވެ. އެއީ މަޝްރޫއުގެ މަސައްކަތް 606 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމުކުރުމަށް ނިންމާފައިވެއެވެ.  މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް