ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއްވެ ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއްވެއްޖެއެވެ.

މި ޒުވާނާ އަކީ ކާކުކަމެއް އަދި ސާފެއްނުވެއެވެ. މަންޒަރު ދުށް މީހަކު ސަންދާނަށް ކިޔައިދިން ގޮތުގައި މި އެކްސިޑެންޓްވީ ޒަހަމްވި ޒުވާނާ ހުޅުމާލޭ ފޭސް 1 މެންދުރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ޒުވާނާ އަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ.

އިން ފޭސް ދެއަކަށް އަންނަ އައި މަގުމަތީގައި ފޭސް 2 އިން ދިޔަ ކާރެއް ކުއްލި އަކަށް އަބުރާލުމުން އެ ކާރުގައި އެޒުވާނާ ޖެހިގެންނެވެ.  

“ ކުއްލިއަކަށް ޓާން އެއްނެގީ ޓެކްސީ. އޭރު ޒުވާނާ މާލެ ފަޅިން އަންނަނީ. އެ ޓާން އާ އެކު އެޒުވާނާ އެ ކާރުގައި ޖެހުނީ ކާރުގެ ދޮރުފަތާ ދިމާލުން އެއޭނާގެ ކަނދުރާ ވަރަށްބާރަށް ޖެހުނީ.  ކަނޑުރާ ބިނދި ފައި ވެސް އޮތީ ސައިކަލާ ވަރަށް ބޮޑަށް އޮޅިފަ ކަހަލަ ގޮތަކަށް“ މަންޒަރު ދުށް މީހާ ކިޔައިދިނެއެވެ.

މި އެކްސިޑެންޓާއި ގުޅޭ ވީޑީއޯ އެއް އާންމު ވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ވެސް އެ ޒުވާނާ ކަދުރާ ދިމާލުން ގިނަ އަދަދެއްގެ ލޭ ދިއައީ ފައިބަމުންނެވެ. އަދި އޭނަގެ ފައި އޮތީ ސައިކަލުގެ އެބުރިފަކަހަލަ ގޮތަކަށެވެ. އަދި އެ ޒުވާނާ ޖެހުނު ކާރުގެ ދޮރާ ދިމާލުން ވަރަށް ބޮޑަށް ބަޑިވެފައި ވާ ތަންވެސް ފެނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މި އަދު 11:45 ހާއިރު ކަމަށާ އެ ޒުވާނާ ހުޅުމާލޭ ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް