ކާއްޓާއި ކަރާ ބަހަންފަށައިފި

Loading

Facebook
Twitter
WhatsApp

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކަރާ އާއި ކާށި ބަހަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބަހަމުން ގެންދާ ކާއްޓާއި ކަރައަކީ ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން އެ ކައުންސިލަށް ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ކައުންސިލުން ބުނީ މިތަކެތި ބެހުން ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި  ( ސައިތޭކޮށި) ގައި ކަމަށެވެ. މިއަދު ހެނދުނު ހެނދުނު 09:30 ން 15:00 އަށް އަދި  ރޭގަނޑު 21:30 އިން 00:00 އަށް މިތަކެތި އާންމުންނަށް ބަހަމުން ގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށް ވެސް މިތަކެތި ބަހާނެ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

ސިޓީ ކައުންސިލުން ބުނީ މިތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުން ކަމަށެވެ.

މީގެ ކުރީގައިވެސް ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ މަހަށް ޚާއްސަކޮށގެން މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް 25،000 ކާށި ހަދިޔާކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް