ހަސަން ކުރުސީ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ އެހީތެރިކަމަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

ޓުވިޓާގައި ހަރަކާތްތެރިވާ މަޝްހޫރު “ހަސަން ކުރުސީ” އަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައި ވަނިކޮށް އޭނާ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ ފަރާތްތަކެއްގެ އެހީތެރިކަމަށް އޭނާ އެދިއްޖެއެވެ.
ހަސަން ކުރުސީގެ ނަމުގައި ޓްވީޓަރ އެކައުންޓް ހިންގާ ފަރާތެއް ހޯދަން ފުލުހުން މަސައްކަތް ފަށާފައި މިވަނީ މޮރިޝަސް ސަރުކާރަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްކަމަށް ބުނާ އަސްލެއް ނެތް ސިޓީއެއް އާއްމުކުރުމުންކަމަށް ވެއެވެ.  އަދި ފުލުހުން އޭނާ ހޯދަން ފަށާފައިވާއިރު ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން ހަސަންކުރުސީގެ ހޯދަން ފެށުމާއެކު އޭނާ ވަނީ ބައިނަލް އަގްވާމީ ފަރާތްތައް ސީސީ ކޮށް މިއަދު ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ އޭނާ އަކީ އިންސާނީ  ހައްގުތަކަށް ވަކާލާތުކުރާ ކޮރަޕްޝާނާއި ދެކޮޅު މީހެއްކަމަށެވެ.

 އަދި މިހާރު އޭނާއާއި އޭނާގެ އެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް ނުރައްކަލެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށާ އިންސާނީ ހައްގުތަކަށްޓަކާ އޭނާގެ މި ހާލަތަށް ދެނެގަނެ މި ކަމަށް ފިޔަޔަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

މި ސަރުކާރުގެ އިސްވެރިންނަށް ވަރަށްބޮޑަށް ފާޑުކިޔައި ޓްވީޓްކުރާ ހަސަން ކުރުސީގެ އެކައުންޓުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ލިޔުންތައްވެސް އާންމުކުރަން ދެއެވެ.  

ހަސަން ކުރުސީ އަކީ ރައީސް ނަޝީދުކަމަށް ގިނަ ބަޔަކު ބުނަމުން ދިއުމާއި ގުޅިގެން މީގެ ކުރިން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިއުންތަކުގެ ހަގީގީހިޔާލީ ޝަހުސެއް ކަމަށާއި އޭނާއަކީ ނަޝީދުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ކަމަށެވެ. 


Loading

3 Responses

  1. ފޮޓޯއިން ތިފެންނަނީ މިގައުމު ހަލަބޮލިކޮށްލި އިންސާނާއެވެ. އެނާ ދެކޭގޮތުގައި އޭނާ ބޭނުންގޮތަކަށް މިގައުމު ހިނގަންޖެހޭނެއެވެ. އެނޫނީ އެމީހަކަށް ގޮޅާބޯ ގޮވުމާއި ވެލެޒިނީ ފޮނުވައިގެން ޖޭއެސްސީ އޮފްދުއްވާލުމާއި ޖަމީލު ބޮޑިބަތް ޖަމީލައްވުމާއި ޑރ. ޝަހީދު ޖަނާޒާކުޑޭއަށް ވުމާއި ޑރ. ވަހީދު ކާޅަށްވުމާއި މުންނާރު ކައިރީގައި މާލޭ ސިޓީކައުންސިލް ޖަލްސާ ބާއްވާ މައުމޫނުގެ ކިނބިގަސްދޮށުގެ އަތުލަން ގަރާރު ނެރުމާއި ހިތްކިބިމުގައި ރީކޯ ލައްވާ ކޯޓެއް އުފަށްދާ ވަގުތީ ޙުކުމްދިނުމާ މިހިރި ޙަޔާތެއްގޮވާ ނަށާނެއެވެ. އެއްވެސް މުޢައްސަސާއަކުން މީނާގެ މައްޗަށް ބާރެއް ހިންގިގެން ނުވާނެއެވެ. ފުލުހަށް ޙާޒިރުވާން އެންގިއްޔާ ރަށުން ފުރައިގެން ދާނެއެވެ. އެނޫނީ ޔާގޫތުގެ ތަޅުލާނެއެވެ. އެނޫނީ އިންޑިޔާ އެމްބަސީއަށް ވަދެ ފިލާނެއެވެ. ނަމަވެސް މި އިންސާނާ ނިކަމެތި ރައްޔަތުންނަށް ދެއްކަދެނީ ވަރަށް ހިތްހެޔޮ ސާދާ އިންސާނެއް ކަމަށެވެ.
    ރައްޔަތުން ހޭލާންވެއްޖެއެވެ. އެނޫނީ މިފަހަރު ރައްޔަތުން ބޮލަށް ރނީ ގާސިމްގެ ބޮލަށް ސަވާރުވެގެނެވެ. ގާސިމަކީވެސް ވެރިކަމާއިހެދި ބޫތުކައިފާހުރި އަނެއް އިންސާނާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް