ހުޅުމާލޭގައި ކުރިއަށްގެންދާ ތަމްރީނުގައި ޖަހާ ބަޑީގެ ވަޒަން ދަތުރުކުރާނީ 11 ނޯޓިކަލް މޭލު ބޭރުން: އެމްއެންޑީއެފް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ”އެމް.އެން.ޑީ.އެފް“ އިން ހުޅުމާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ އަސްކަރީ ތަމްރީނުގައި  ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 06:00 އިން 17:30 އަށް ކ. ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާ  ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރަށް ކަމަށެވެ.

ސިފައިންގެ ތަމްރީންތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަންގެ ސަބަބުން ބައެއް ހާދިސާތައް ހިނގާފައިވައި ވެއެވެ. އެގޮތުން ގިރިފުށީގައި ޓްރެއިނިންއެއް ހަދަމުން ދަނިކޮށް، އެ ރަށުގެ ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޖރުމަނުގެ  ޓޫރިސްޓެއްގެ ގަޔަށް ވަޒަން އެރުމާއި ހިންމަފުށީ ދެ ގެޔަކަށް ވަޒަން ހެރުމުގެ ހާދިސާތަކެއް ވަނީ މީގެ ކުރިން ކުރިމަތި ވެފައެވެ.

ސިފައިން މިފަދަ ތަމްރީންތައް ބާއްވާއިރު ތަމްރީން ބޭއްވުމުގެ ކުރިން ތަމްރީނާބެހޭ މައުލޫމާތު އާންމުގޮތެއްގައި އިއުލާންކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް