ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp


ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ބޯޑުގެ މެންބަރުކަމަށް ފުރުސަތުހުޅުވާލައިފައިވަނީ ދެ ދާއިރާއަކުންކަމަށެވެ. އެއީ އާންމު ސިއްޚަތާ ބެހޭ ތަޖުރިބާކާރެއްގެ އިތުރުން ކޮންޒިއުމާ ހައްގުތަކާ ބޭހޭ ދާއިރާގެ ފަރާތެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދުންފަތްކޮންޓްރޯލްކުރުމާ ބެހޭ ބޯޑަކީ 2010 ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދާފައިވާ ބޯޑެކެވެ. މި ބޯޑުގެ މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރެވެ.

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ކަޑައެޅިފައިވާ މި ބޯޑު މެންބަރަކަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު ހައެއް ފެބުރުއަރީއަށް ހުޅުވާލައިފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ބޯޑުގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކުގައި ސަރުކާރަށް ލަފާދިނުމެވެ.

ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ގޮތާއި ގާނޫނުތައް ތަންފީޒުކުރަމުންދާ ގޮތް މުރާޖައާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތައްވެސް ހިމެނެއެވެ.

އެ ބޯޑު އެކުލެވިގެން ވަނީ ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ޝާމިލުވާގޮތަށެވެ.  

Loading

One Response

  1. ތީވަރައްފައްކާތަނެއްވަންނާން ތިތަނުގެފޯނުނަންބަރައްގުޅީމާފޯނުވެސްނުނަގާތަނެޢްތީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް