ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި ބަނގުރާ ފުޅިތަކެއް ވަގަށްނެގީ އައްޑުއަތޮޅު ރިސޯޓަކުން ކަމަށާ މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އޮކްޓޯބަރ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ […]

ގޮއިދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ނިންމައިފި

ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ […]

ޝިމާޒް މަގާމުން ވަކިކޮށްދޭން ނަހުލާ އެދިވަޑައިގަންނަވައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އާއިޝަތު ނަހުލާ ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ އެއް ފޮނުއްވައިފިއެވެ. މިދިޔަ ހަފްތާގައި ރައީސް ސާލިހު އަށް މިނިސްޓަރު ނަހުލާ ފޮނުއްވި ސިޓީގައި ވަނީ ޝިމާޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާ، އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް […]

މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން: މަހްލޫފް

މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން ކަމަށާ ތަރައްގީ ވެސް ބޭނުންވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ފަރީލާ ޚާލިދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މި ސަރުކާރަށް މުހިންމުވަނީ ހަމައެކަނި ވޯޓު ނޫންކަމަށާ ވަގުތު ޖެހުނީމަ ވޯޓް ދޭ ބައެއް ނިންމާނީ ރައްރިތުން ކަމަށެވެ. “ވޯޓު އައިސް ޖެހުނީމަ ރައްޔިތުން ނިންމާނެ ކޮންބަޔަކަށްތޯ ވޯޓުދޭނީ. […]

މުފްތީ މެންކްގެ ދަރުސް އޮންނަ ތަން ބަދަލުވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ މިރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ދަރުސް އޮންނާނީ މާދަމާ ރޭ އައްޑޫ ހައި ސްކޫލްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދަރުސް ބާއްވާތަން ބަދަލުކުރީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. އަދި ތަން ބަދަލުވި ނަމަވެސް […]

ހަށިގަނޑަކީ ވާރިސުންގެ ހައްގެއް، ހުއްދަ ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް ގާނޫނުން ލިބިފައި ނުވޭ: އާޒިމާ ޝުކޫރު

މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ހުއްދަނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ދީފައި ނުވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ. އާޒިމާ މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުއްލާ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުން، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އެކަމާ ދެކޮޅަށް އާއިލާއިން ކަންބޮޑުވުން ފާޅުކުރުމުން ލިޔެފައިވާ ހަބަރެއް ޝެއާކުރަމުން ސޯޝަލް […]

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ޔޫރަޕްގެ ގައުމެއްކަމަށްވާ ނެދަލެންޑްން ރާއްޖެއަށް  ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕާރުސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށެވެ. ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް އޭގެ ތެރެއިން ކަމަށެވެ.އަތުލައިގަނެފައިވަނީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ […]

ޗާގޮސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް  

ޗާގޮސް މައްސަލައިގައި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެލެއްވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި […]

ހަނިމާދޫ އެއާޕޯޓް ތަރަށްގީކުރުމުގެ މަސައްކަތް ފަށަނީ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި  އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ. މި އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.އިންޑިއާގެ އެގްޒިމް ބޭންކުގެ […]

ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމާލާދިންކަމަށް ތުމަމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުކޮށްފި

މާލޭ ސިޓީގެ ގެސްޓް ހައުސްއެއްގައި ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މީހާގެ ބަންދަށް ކޯޓުން […]