ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމާލާދިންކަމަށް ތުމަމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭ ސިޓީގެ ގެސްޓް ހައުސްއެއްގައި ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މީހާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެމީހާއަށް ޖަހައިދިން ބަންދުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިހާރުވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

މި މާރާމާރީއާއި ގުޅިގެން ހަމަލާ އަމާޒުވި މީހާ އަށް އަނިޔާ ވެފައިވާއރު އޭނަ ހޮސްޕިޓަލުންވެސް ފަރުވާ ހޯދި ކަމަށް ވެއެވެ. ނަމަވެސް އޭނަ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭގެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް