މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން: މަހްލޫފް

Facebook
Twitter
WhatsApp
P7WiVQhDJpkCuzDDN5A9nRgPvHX4wFJdBWOX3IPq

މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން ކަމަށާ ތަރައްގީ ވެސް ބޭނުންވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ފަރީލާ ޚާލިދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މި ސަރުކާރަށް މުހިންމުވަނީ ހަމައެކަނި ވޯޓު ނޫންކަމަށާ ވަގުތު ޖެހުނީމަ ވޯޓް ދޭ ބައެއް ނިންމާނީ ރައްރިތުން ކަމަށެވެ.

“ވޯޓު އައިސް ޖެހުނީމަ ރައްޔިތުން ނިންމާނެ ކޮންބަޔަކަށްތޯ ވޯޓުދޭނީ. އަޅުގަނޑުމެންނަށް މިއަދު ޙަވާލުކޮށްފައިއޮތް އަމާނާތަކީ ތެދުވެރިކަމާ އެކީގައި ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރުން” މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަމަކޮންމެ ރަށެއްގެ ރައްޔިތުންވެސް ތަރައްގީ އާއި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ބޭނުންވާނެ ކަމަށާ ސަރުކާރުން މަސައްކަތްކުރަނީ ގިނަވޯޓު ލިބޭ ރަށްރަށަށް އިސްކަންދީގެން ނޫން ކަމަށާ މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށެވެ. އެ ކަމުގެ އެއް މިސާލަކީ މަގޫދޫ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މި ޖަލްސާގައި ހާމަކުރި ގޮތުގައި މި ސަރުކާރުން ވަނީ މަގޫދޫގައި މިސްކިތަކާއި އައު އިންޖީނުގެއެއް އިމާރަތްކޮށްފައެވެ. އަދި  އޭގެ އިތުރުން ކުނިކޮށި އެޅުމާއި ބަނދަރު ހެދުންވެސް ކުރިއަށްދާކަމަށް ހާމަކޮށްފައި ވެއެވެ.

މަގޫދޫ އަކީ 500 އެއްހާ މީހުންގެ އާބާދީ އޮންނަ ރަށެކެވެ.  

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް