ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ބަނގުރާ ފުޅިތަކެއް ވަގަށްނެގީ އައްޑުއަތޮޅު ރިސޯޓަކުން ކަމަށާ މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އޮކްޓޯބަރ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށާ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ވަގަށްނެގި ހަ ފުޅި ބަނގުރާ ފުލުހުންހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް