މުފްތީ މެންކްގެ ދަރުސް އޮންނަ ތަން ބަދަލުވެއްޖެ

Loading

Facebook
Twitter
WhatsApp

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ މިރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ.


އޭގެއިތުރުން އައްޑޫ ސިޓީގައި ދަރުސް އޮންނާނީ މާދަމާ ރޭ އައްޑޫ ހައި ސްކޫލްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަރުސް ބާއްވާތަން ބަދަލުކުރީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. އަދި ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު 8:30 ގައި ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ރޭ އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން އެވެ.


މުފްތީ މެންކް ރާއްޖެ ވަޑައިގެން އުޅުއްވަނީ މިނިސްޓްރީގެ ދައުވަތަކަށެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި މާލޭގައި ރޭ ދަރުސް އެއް ބޭއްވިއިރު މި ދަރުސް އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި އިތުރު ދަރުސް އެއް ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް