ގެއަކުން ވަށްކަން ކުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަނީ

މާލެސިޓީގެ ގެއަކުން ވަށްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ އާންމު ކޮށްފިއެވެ. ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ހުދުކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި ޒުވާނަކު ގެއަކަށް ވަންނަ މަންޒަރެވެ. އޭނާ އެ ގެއަށް ވަންނަމުން މޫނުގައި މާސްކް އަޅައެވެ. ދެން ފެންނަނީ އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން ކަޅުކުލައިގެ ދަބަހެއް ކޮޑުގައިއ އަޅައިގެން ހުރި އެހެން ޒުވާނަކު މަގުމަތިން ގެ އެއްގެ ބޭރު  ދޮރުން […]

ވަގަށް ވިސާ ކާޑެއް ބޭނުންކޮށް ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ގެއްލުނު ދަބަހެއްގެ ތެރޭ އޮތް ވިސާކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ވީޑިއޯއެއް ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާސްކެއް އަޅައިގެން ގަދަ ނޫކުލަ އަކަށް ދާ ކުލައެއްގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި މީހަކު މަލޭ މަގެއްގެ ކަންމަތިން ހިނގާފައިދާ ތަނެވެ. އެ ވީޑީއޯ އާއްމުކުރަމުން ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ […]

ކުރެންދޫ މިސްކިތުގެ ބިންގާ އަޅައިފި

ޅ. ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަދި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މަދީހެވެ. 14.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އަހަރުގެ މެއި 11 ގައި ހަވާލުކުރި މި […]

ޒުވާނުންނަށް 20000 އަށްވުރެ ގިނަ ވަޒީފާ އުފައްދައިފި : މަހްލޫފް

ދޒުވާނުންނަށް 20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިއަދު ޓްވީޓެއްގައި ވިދާޅުވީ  ޒުވާނުންނަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ކަމަށާއި މި ފަދަ ކަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ހާސިލްވެފައިވާ ކަންކަން ކަމަށެވެ. މީގެ އިތުރުން 15،000 ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުގެ ރަންޒަމާން […]

ސިގިރެޓް ވަގަށް ނަގައިގެން ހަތަރު މަހަށް ވުރެ ދިގުމުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފި

ސިގިރޭޓް ފޮށި ވަގަށް ނެގި މީހަކު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށި، ނަސީމީގެ، އަހުމަދު އާރިފްގެ މައްޗަށެވެ. އޭނާގެ މަށްޗަށް ޕީޖީން ކޮށްފައިވާ ވައްކަމުގެ ދައުވާގައި ބުނެފައިވަނީ 10 މާޗް 2019ގައި މާލެ ސައްޔިދުކަލޭގެ ފާނު މަގުގައި ހުންނަ މިނީ މާޓް ފިހާރައިގެ ކައުންޓަރުގައި ހުރި 490 ރުފިޔާ އާއި ކެމަލް ބްރޭޑްގެ 14 ސިގިރޭޓްފޮށި އަހުމަދު އާރިފް ވަގަށް ނަގައިފައިވާ […]

”މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022“ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ 7 ވަނަ މުބާރާތްކަމުގައިވާ، ”މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022“ ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.  މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ. މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ […]

ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް ވިއްކި: މިނިސްޓަރު

ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް  އެ ކުންފުނިން ވިއްކާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ. މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ އަދި ޕެނެޑޯލް ގުޅައެއް ދެ ރިޔާލަށް […]

މާލޭ ސިޓީކައުންސިލުން ފިހާރައް ހުޅުވާފައިވާތީ ފިޔަވަޅުއަޅަނީ

ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހުޅުވައިގެން އުޅޭތީ އެ ކައުންސިލާއި ދެކޮޅަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅަން ނިންމީ ސިޓީ ކައުންސިލުން ކުރާއެ ވިޔަފާރިއަކީ ރަޖިސްޓްރީކޮށްގެން ވިޔަފާރި ހުއްދަނަގައިގެން ކުރާ ވިޔަފާރިއެއްނޫންކަމަށެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި ”މާލެ ފެހި“ގެ ނަމުގައި ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. މިފިހާރަ ހުޅުވައި […]

ގެ އެއްގެ ތެރޭ ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ގެ އެއްގެ ތަރޭ ހުރި ސައިކަލެއްގައި ރޯކޮށްލައި އެސައިކަލު އަންދައި ހުލިކޮށްލައިފިއެވެ. މިހާދިސާ ހިނގާފައިވާނީ އައްޑޫސިޓީ ހުޅުދޫގައި ރޭ ދަންވަރުއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ރޯކޮށްލުމުގެ ސަބަބުން ސައިކަލުގެ ބޮޑުބައެއް އަދައި ހުލި ވެފައިވާއިރު އެ ގެއަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ. އެ ގޮތުން ގޭގެ ކުޑަދޮރުތަކާއި ފާރަށް ވަނީ ގެއްލުން ވެފައެވެ. މިހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގެ އެއްގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ސައިކަލުގައި ހުޅުވަރަށް […]

މީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އެހެން މީހެއްގެ މުދަލަށް ހުއްދަނޫންގޮތެއްގައި ބާރުހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާނީ ކ. މާލެ / ހ. ގްރީންލައިޓް، އިބްރާހިމް ސިރާރު (50އ) ހޯދުމަށެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ […]