ވަގަށް ވިސާ ކާޑެއް ބޭނުންކޮށް ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ގެއްލުނު ދަބަހެއްގެ ތެރޭ އޮތް ވިސާކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ވީޑިއޯއެއް ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާސްކެއް އަޅައިގެން ގަދަ ނޫކުލަ އަކަށް ދާ ކުލައެއްގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި މީހަކު މަލޭ މަގެއްގެ ކަންމަތިން ހިނގާފައިދާ ތަނެވެ. އެ ވީޑީއޯ އާއްމުކުރަމުން ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އަދި  ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެ މީހާ އަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 އެ މީހާއާއި  ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183  އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް