ގެއަކުން ވަށްކަން ކުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަނީ

Facebook
Twitter
WhatsApp
vlcsnap_error662_758ead8b50

މާލެސިޓީގެ ގެއަކުން ވަށްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ އާންމު ކޮށްފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ހުދުކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި ޒުވާނަކު ގެއަކަށް ވަންނަ މަންޒަރެވެ. އޭނާ އެ ގެއަށް ވަންނަމުން މޫނުގައި މާސްކް އަޅައެވެ. ދެން ފެންނަނީ އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން ކަޅުކުލައިގެ ދަބަހެއް ކޮޑުގައިއ އަޅައިގެން ހުރި އެހެން ޒުވާނަކު މަގުމަތިން ގެ އެއްގެ ބޭރު  ދޮރުން އެތެރެއަށް އަތް ދިކޮށްލުމަށްފަހު ގޭސްފުޅިއެއް ނެރޭ މަންޒަރެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ ދެމީހުންކަމަށެވެ. އަދި  ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެމީހުން ދެނެގަނެވިފައިނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

 ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183  އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް