ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް ވިއްކި: މިނިސްޓަރު

Loading

Facebook
Twitter
WhatsApp

ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް  އެ ކުންފުނިން ވިއްކާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ އަދި ޕެނެޑޯލް ގުޅައެއް ދެ ރިޔާލަށް ވިއްކި ކަމުގެ މައުލޫމާތު ހާޖީންގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮފީ އާއި ޕެނެޑޯލް ވިއްކަމުން ދިއުމާ ގުޅިގެން އެކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓަރަށް ހުށަހެޅުމުން އެ މައްސަލަ ހައްލުކޮށްދީފައި ނުވާ ކަމަށް ހާޖީންގެ ފަރާތުން މައުލޫމާތު ދީފައިވާތީ އެކަން ސާފުކޮށްދިނުމަށް ސުވާލުގައި އެދިވަޑައިގެންފައިވެ އެވެ.


އެ ސުވާލުތަކުގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް ތިންއިރުގެ ކެއުން ފޯރުކޮށްދިނުމުގެ އިތުރަށް، އިތުރު ޚިދުމަތެއްގެ ގޮތުގައި ކޮފީ ފޯރުކޮށްދިނުމަށް ހައްޖުވެރިން ތިބި ހޮޓަލުގެ ލޮބީގައި ކޮފީ ޝޮޕެއް ހުޅުވައި ކޮފީ ވިއްކާފައިވާ ކަމަށެވެ.

އަދި ހައްޖުވެރިންނަށް އެ ކުންފުނިން ޕެނަޑޯލް ވިއްކިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ކުރިން ލިބިފައިނުވާ ކަމަށާއި، ނަމަވެސް މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލާ ގުޅިގެން އެ ކުންފުނިން މައުލޫމާތު އޮޅުންފިލުވުމުން ޙައްޖުވެރިންގެ ތެރެއިން ޕެނަޑޯލް ބޭނުންވި ފަރާތްތަކަށް އެ ކުންފުނިން ޕެނަޑޯލް ވިއްކާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިން ކަމަށް ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.


Loading

One Response

  1. މިސަރުކާރުން ތަންތަނުގެ ވެރީންނަށް އިސްކޮށްފާތިބޭ ވެރީންނަށް އެތަންތަނުގައި ވާނުވާ ނޭގޭ! އެހެންތާވާނީ ބޮޑުސޯބު އެނބުރޭގޮތަކަށްތާ ކުދި ސޯބުވެސް އެނބުރޭނީ ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް