ސިގިރެޓް ވަގަށް ނަގައިގެން ހަތަރު މަހަށް ވުރެ ދިގުމުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

ސިގިރޭޓް ފޮށި ވަގަށް ނެގި މީހަކު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށި، ނަސީމީގެ، އަހުމަދު އާރިފްގެ މައްޗަށެވެ.

އޭނާގެ މަށްޗަށް ޕީޖީން ކޮށްފައިވާ ވައްކަމުގެ ދައުވާގައި ބުނެފައިވަނީ 10 މާޗް 2019ގައި މާލެ ސައްޔިދުކަލޭގެ ފާނު މަގުގައި ހުންނަ މިނީ މާޓް ފިހާރައިގެ ކައުންޓަރުގައި ހުރި 490 ރުފިޔާ އާއި ކެމަލް ބްރޭޑްގެ 14 ސިގިރޭޓްފޮށި އަހުމަދު އާރިފް ވަގަށް ނަގައިފައިވާ ކަމަށެވެ.

މި ދައުވާގެ އިބްތިދާއީ މަރުހަލާ އާއި އަދި މައްސަލައިގައި އަވަސް ނިޔާގެ އަޑުއެހުމުގައި އާރިފް ވަނީ ދައުވާ އަށް އިއުތިރާފް ވެފައެވެ.  މި މައްސަލާގައި އަހުމަދު އާރިފް ވަނީ އަދަބު ޖޫރިމަނާ އަކަށް ބަދަލުކޮށްދިނުމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ. ނަމަވެސް ކޯޓުން އޭނާގެ މަށްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ގާބިލުކަން ލިބިފައިވާ މީހެއްކަން ސާބިތު ކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ އާއި އަދި އޭނާ އަކީ އެހެން މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމް ކޮށްފައިވާ މީހަކަށް ވާތީ ބަންދުގައި ހުރެ ފައިސާ ދެއްކޭނެ ކަމަށް ޝަރީއަތުން ގަބޫލް ނުކުރާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.



Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް