މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފި : މިނިސްޓަރު ޝާހިދު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޔޫއޭއީ ގައި މިވަގުތު ހުންނެވި މިނިސްޓަރު ޝާހިދު  އޭޑީއެފްޑީގެ ޑިރެކްޓަރާ ޖެނަރަލް މުހައްމަދު ސާއިފް އަލް ސުވައިދާއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ފަރާތުން ދީފައިވާ ކަމަށެވެ. މާފަރުގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ […]

މާލޭގެ އެއްގަމުތޮށި އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ހެދުމަށް ސޮއިކޮށްފި

މާލޭގެ ވަށައިގެން ޖަހާފައިވާ އެއްގަމު ތޮށި އަފްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އާއި ޕްލޭނިން މިނިސްޓްރީ އާއި ދެމެދު މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭނިން މިނިސްޓްރީން މި އެއްބަސްވުމުގެ ދަށުން ކުރެވޭ ސާވޭ ކުރަނީ ހިލޭ ކަމަށާ މި ސާވޭގައި މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާވޭ އާއި އަދި ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ […]

ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

މޫސުމް ގޯސްވުމުގެ ސަބަބުން ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރާކަމަށެވެ. ”އެގޮތުން، އަތޮޅު ތެރެއާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ބޭނުންކުރުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އުޅަނދު ކަހާލުން ފަދަ ހާދިސާއެއް ދިމާނުވާނޭހެން އިތުރު ސަމާލުކަމެއް […]

ފެމިލީ ކޯޓުގެ އިސްގާޒީއަކަށް އިބްރާހިމް މާހިރު އައްޔަންކުރައްވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ. އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ ވެސް މާހިރު […]

މާލޭ ގެއަކުން ދުންއަރާތީ ފުލުހުން ދިޔައިރު ބަނގުރާކަށްކަނީ

މާލޭސިޓީގެ ގެއަކުން ދުން އަރާތީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދުން އަރަމުން ދާތީ ފުލުހުން ދިޔައިރު ބަނގުރާ ކަށްކަން ތިއްބާ ފެނިއްޖެއެވެ. ބަނގުރާ ކަށްކަނިކޮށް ފެނިފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުންނެވެ. ފުލުހުން ބުނީ އެ ގެއިން ދުން އަރާތީ މިއަދު ހެނދުނު 6:12 ހާއިރު ލިބުނު ރިޕޯޓަކާއި ގުޅިގެން ސިފައިންނާއި ފުލުހުން އެގެއަށްގޮސް ދޮރުގައި ޓަކި ދިނުމުންވެސް އެއްވެސް މީހަކު ދޮރު ނުހުޅުވިކަމަށެވެ. އަދި ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވައިންއިރު އެގެއިން […]

28 ރަށަކަށް ބިލިއާޑް ބޯޑް ދެނީ

28  ރަށަކަށް ބިލިއާޑް ބޯޑް ދިނުމަށް ހަވާލުކޮށްފި އެވެ. ޔޫތު މިނިސްޓްރީން ބުނީ މި ބިލިއާޑް ބޯޑް ތަކަކީ އެ ރަށްތަކުގައި ގާއިމްކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކުގައި ބެހެއްޓުމަށް ގެންދާ ބޯޑް ތަކެއް ކަމަށެވެ. މި ބޯޑްތައް ރަށްތަކަށް ހަވާލުކުރުމަށް މިއަދު ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައިމިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ. އަދި މި ރަށްތަކުގެ ފަރާތުން ބޯޑުތަކާއި ހަވާލުވެލެއްވީ މި ރަށްތަކުގެ […]

ނަޝީދު އެމެރިކާއަށް ފުރާ ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖައްސަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރެ އެވެ. ކްލައިމެޓް ވޮނަރަބަލް ފޯރަމް [ސީވީއެފް]ގެ ފަރާތުން އެ ފޯރަމްގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވާ ކަމަށާއި ދަތުރުގެ ހަރަދުތައް ކުރަނީ ސީވީއެފުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު ވޮޝިންގޓަނަށް ކުރައްވާ ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ […]

މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް  ވަޑައިގަންނަވާކަމަށް ވިދާޅުވުމުން ނަޝީދު ރަތަށް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީ ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވެ ވާހަކަފުޅު ދެއްކެވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސްކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކް ރިޕޯޓާ ހަވާލާދެއްވާ ވާހަކަފުޅު […]

މަހުރަމަކާ ނުލާ ހައްޖާއި އުމްރާއަށް ދެވޭނެ

މަހުރަމަކާ ނުލާ ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އަންހެނުންނަށް އަޅުކަން އަދާކުރުމަށް ދެވޭނެ އިންތިޒާމް ސައޫދީ ސަރުކާރުން ހަމަޖައްސައިފިއެވެ. ސައޫދީގެ ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ ސައުދީގު މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖާއި އުމުރާ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރާ އަންހެނުން މަހްރަމަކު ގެންދިއުން މިހާރު މަޖުބޫރު ނޫން ކަމަށެވެ.  އޭނާ ވިދާޅުވީ މަހުރަމަކާ […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފަސް ވަނަ ސުކޫލް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަސް ވަނަ ސުކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި ސުކޫލު އެޅުމަށް ހަވާލުކުރީ އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑް ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި އެއްބަސް ވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ޖޮއިންޓް ވެންޗާ  ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމް އެވެ. 241.5 މިލިއަންރުފިޔާގެ މިމަޝްރޫއު […]