މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފި : މިނިސްޓަރު ޝާހިދު

Loading

Facebook
Twitter
WhatsApp

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

ޔޫއޭއީ ގައި މިވަގުތު ހުންނެވި މިނިސްޓަރު ޝާހިދު  އޭޑީއެފްޑީގެ ޑިރެކްޓަރާ ޖެނަރަލް މުހައްމަދު ސާއިފް އަލް ސުވައިދާއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ފަރާތުން ދީފައިވާ ކަމަށެވެ.

މާފަރުގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ހާވަލުކުރީ 2007 ވަނަ އަހަރު އެވެ. އޭރު އެ މަސައްކަތް ކުރީ، ކޯސްޓްލައިނާ ހަވާލުކޮށްގެންނެވެ. ސަރުކާރުން އެއާޕޯޓަށް އެރަށުން ބިން ކަނޑައަޅާ، މަސައްކަތް ހަވާލުކުރި ނަމަވެސް 2013އާ ހަމަޔަށް، ރުށްތައް ނަގައި، ބިން ކޮންމެވެސް ވަރަކަށް ބިން ސާފުކުރުން ފިޔަވާ އިތުރު ކަމެއް ނުވި އެވެ. އޭގެ ފަހުން ކޯސްޓް ލައިންނާ އެކު ވެފައިވާ އެއްބަސްވުން، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އުވާލިއެވެ. އަދި  އޭހެ ފަހުން އެކި ކުންފުނިތަކާ ހަވާލުކުރި މި އެއާޕޯޓުގެ މަސައްކަތް ނިންމާލެވުނީ އޭޑީއެފްޑީ އިން 60 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުންނެވެ.

މާފަރު އެއާޕޯޓްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދަން އޭޑިއެފްޑީން އެހީވާނެކަމުގެ ޔަގީން ދެއްވާފައި މިވަނީ ރައީސް ސާލިހް މާފަރަށް މިއަހަރުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅެއްގައި އެއާޕޯޓް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހުވަނީ މާފަރު އެއާޕޯޓްގެ ރަންވޭ އާއި އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑު ކުރަންޖެހޭތީ މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި  އެ މަސައްކަތް ފެށުން ލަސްވީ ބިޑް މަރުހަލާގައި މައްސަލަތަކެއް ދިމާވެގެން ކަމަށްވެސް ވިދާޅުވި އެވެ.މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިގެންދާއިރު އެ އެއާޕޯޓުން ބޯޓުތަކަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތްތައް އެއްކޮށް ނިމިގެންދާއިރު އެއާޕޯޓުގައި ޓޫރިސްޓް ހޮޓަލެއް ހުންނާނެ ކަމުގައިވެސް ރައީސް ވަނި އޭރު ވިދާޅުވެފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް