މަހުރަމަކާ ނުލާ ހައްޖާއި އުމްރާއަށް ދެވޭނެ

Loading

Facebook
Twitter
WhatsApp

މަހުރަމަކާ ނުލާ ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އަންހެނުންނަށް އަޅުކަން އަދާކުރުމަށް ދެވޭނެ އިންތިޒާމް ސައޫދީ ސަރުކާރުން ހަމަޖައްސައިފިއެވެ.

ސައޫދީގެ ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ ސައުދީގު މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖާއި އުމުރާ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރާ އަންހެނުން މަހްރަމަކު ގެންދިއުން މިހާރު މަޖުބޫރު ނޫން ކަމަށެވެ.

 އޭނާ ވިދާޅުވީ މަހުރަމަކާ ނުލާ އަންހެނުންނަށް އަޅުކަން އަދާކުރުމަށް ހުއްދަދިނީ އަޅުކަން އަދާކުރުމަށް އަންހެނުންނަށް މިހާރު އޮތް އޮތުމަށް ލުއިކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

އަދި މީގެ އިތުރުން ސައޫދީއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވިސާ ދޫކުރުމުގައި ވެސް މިހާރު ލުއި ގޮތްތަކެއް ހަދައިދީފައިވާ ކަމަށް މިނިސްޓަރު ތައުފީގުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން ކޮންމެ ކަހަލަ ވިސާއެއްގައި ސައުދީއަށް އެތެރެވި ނަމަވެސް އުމުރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން އަޅުކަން އަދާކުރުމަށް އެގައުމަށް އެތެރެވާ މީހުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވަޒީރުގެ ވާހަފުޅުގައި ވިދާޅުވިއެވެ.

މި ނިސްޓަރު ވިދާޅުވީ އަޅުކަން އަދާ ކުރުމަށް ދާ ފަރާތްތަކުން ހޯދާ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ވެސް ގމަސައްކަތް ތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަޅުކަން އަދާކުރާ ފަރާތްތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ރޮބޮޓް ތައް ބޭނުން ކުރުމާއި އުމްރާއަށް ބޭނުންވާ ހުއްދަ އަވަސްކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް