ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފަސް ވަނަ ސުކޫލް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަސް ވަނަ ސުކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މި ސުކޫލު އެޅުމަށް ހަވާލުކުރީ އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑް ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.

މި އެއްބަސް ވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ޖޮއިންޓް ވެންޗާ  ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމް އެވެ.

241.5 މިލިއަންރުފިޔާގެ މިމަޝްރޫއު ހަވާލުކުރީ 18 މަސް ދުވަސް  ތެރޭ މަސައްކަތް ނިންމާގޮތަށެވެ. ސްކޫލު އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ 2024 ވަނަ އަހަރުގެ އޮގަސްޓްގައި ފަށާ ދިރާސީ އާ އަހަރަށް މި ސްކޫލު ހުޅުވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫ އަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ސްކޫލު ޑިޒައިންކޮށް އިމާރާތް ކުރުމާއި އަދި އެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދާނީ ވެސް މަސައްކަތާ ހަވާލުވިި އަޒްރޯވާ ކުންފުނިންނެވެ.

ޕްރީ ސްކޫލު މަރުހަލާއިން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މިސްކޫލުގައި 54 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓްގެ އިދާރީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދަކާއި ޕްލޭ ގުރައުންޑެއް ވެސް އޮންނާނެ ކަމަށ ްމިނިސްޓްރީން ހާމަކުރެއެވެ.


ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ ފަސް ވަނަ ސުކޫލު އެޅުމަށް ބަޔަކާ ހަވާލުކުރި އިރު އެ ސަރަހައްދުގައި މިހާތަނަށް ނިންމިފައިވަނީ ޕްރީ ސްކޫލެއް އެކަންޏެވެ. އެއީ  އަހްމަދު ކާމިލްދީދީ ސްކޫލެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް