މާލޭގެ އެއްގަމުތޮށި އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ހެދުމަށް ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގެ ވަށައިގެން ޖަހާފައިވާ އެއްގަމު ތޮށި އަފްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އާއި ޕްލޭނިން މިނިސްޓްރީ އާއި ދެމެދު މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.


ޕްލޭނިން މިނިސްޓްރީން މި އެއްބަސްވުމުގެ ދަށުން ކުރެވޭ ސާވޭ ކުރަނީ ހިލޭ ކަމަށާ މި ސާވޭގައި މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާވޭ އާއި އަދި ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރާނެ ކަމަށެވެ.

މާލޭވަށައިގެން ޖަހާފައިވާ ތޮށި އަޕްގްރޭޑް ކުރުމަށް ސާވޭ ހަދަން ޖައިކާ އާއި ހަވާލުކުރިއިރު މިހާރު ޖަހާފައިވާ ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރުކުރިން ޖަޕާނު އެހީގައި ޖަހާފައިވާ ތޮއްޓެކެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް