ނަޝީދު އެމެރިކާއަށް ފުރާ ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.

ކްލައިމެޓް ވޮނަރަބަލް ފޯރަމް [ސީވީއެފް]ގެ ފަރާތުން އެ ފޯރަމްގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވާ ކަމަށާއި ދަތުރުގެ ހަރަދުތައް ކުރަނީ ސީވީއެފުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު ވޮޝިންގޓަނަށް ކުރައްވާ ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބްލް ގައުމުތަކުގެ މާލީ ވަޒީރުންގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ ”ވެން އިޒް ނައު؟“ ނުވަތަ ”މިހާރަކީ ކޮންއިރަކު ހެއްޔެވެ؟“


މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އައިއެމް އެފް އާއި ވޯލްޑް ބޭންކް އަދި ސީ.ވީއެފްގެ އިސްވެރިންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް