28 ރަށަކަށް ބިލިއާޑް ބޯޑް ދެނީ

Loading

Facebook
Twitter
WhatsApp

28  ރަށަކަށް ބިލިއާޑް ބޯޑް ދިނުމަށް ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ބިލިއާޑް ބޯޑް ތަކަކީ އެ ރަށްތަކުގައި ގާއިމްކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކުގައި ބެހެއްޓުމަށް ގެންދާ ބޯޑް ތަކެއް ކަމަށެވެ.

މި ބޯޑްތައް ރަށްތަކަށް ހަވާލުކުރުމަށް މިއަދު ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި
މިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ. އަދި މި ރަށްތަކުގެ ފަރާތުން ބޯޑުތަކާއި ހަވާލުވެލެއްވީ މި ރަށްތަކުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.


ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ، ހއ.ކެލާ، ހއ.މޮޅަދޫ، ހއ.ފިއްލަދޫ، ހއ.ދިއްދޫ، ހއ.ތަކަންދޫ، ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މާއުނގޫދޫ، ނ.ކެނދިކުޅުދޫ، ރ.އުނގޫފާރު، ކ.މާފުށި، ހިންމަފުށި، އދ.ފެންފުށި، އދ.ދިއްދޫ، މ.މުލައް، މ.ދިއްގަރު، ފ.މަގޫދޫ، ތ.ތިމަރަފުށި، ތ.މަޑިފުށި، ލ.ގަން، ލ.މާބައިދޫ، ގއ.ވިލިނގިލި، ގއ.ކޮލަމާފުށި، ގއ.ދާންދޫ، ގދ.ހޯނޑެއްދޫ، ގދ.ތިނަދޫ، ގދ.މަޑަވެލި އަދި ސ.ހިތަދޫއެވެ. މީގެ އިތުރުން ހުޅުމާލެ ޔޫތު ސެންޓަރަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ބިލިއާޑް ބޯޑެއް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މި ބިލިއާޑް ބޯޑްތައް ދީފައި މި ވަނީ ޒުވާނުންގެ މަރުކަޒުތައް ގާއިމްވެފައިވާ ރަށްތަކަށާއި އަދި ބިލިއާޑް ބޯޑްތަކަށް އެދފައިވާ ރަށްތަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން ޒުވާނުންނަށ ބޭނުންވާ ތަކެތީގެ އިތުރުން ކުޑަކުދިން މުނިފޫހި ފިލުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް