ފެމިލީ ކޯޓުގެ އިސްގާޒީއަކަށް އިބްރާހިމް މާހިރު އައްޔަންކުރައްވައިފި

Loading

Facebook
Twitter
WhatsApp

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ. އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ ވެސް މާހިރު އެވެ.

ގާޒީ މާހިރު އިސްގާޒީއަކަށް ހޮވިފައިވަނީ އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކަށް އިންޓަވިއު ކުރުމަށްފަހު އެވެ. އިސް ގާޒީ ކަމަށް މާހިރު އައްޔަންކުރަން ޖޭއެސްސީން ނިންމީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މާހިރު އަށް މަގާމުގެ ފަތްކޮޅު އެރުވުން އަންނަ ހަފްތާގައި އޮންނާނެ އެވެ.

ގާޒީ މާހިރަކީ ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީ އެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 12 އަހަރު ވެއްޖެ އެވެ.

ގާޒީ ކަމަށް މާހިރު އެންމެ ފުރަތަމަ އައްޔަންކުރީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު 9، 2005 ގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ މެއި 23، 2010 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް