މާލޭސިޓީގެ ގެއަކުން ދުން އަރާތީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދުން އަރަމުން ދާތީ ފުލުހުން ދިޔައިރު ބަނގުރާ ކަށްކަން ތިއްބާ ފެނިއްޖެއެވެ.
ބަނގުރާ ކަށްކަނިކޮށް ފެނިފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުންނެވެ.

ފުލުހުން ބުނީ އެ ގެއިން ދުން އަރާތީ މިއަދު ހެނދުނު 6:12 ހާއިރު ލިބުނު ރިޕޯޓަކާއި ގުޅިގެން ސިފައިންނާއި ފުލުހުން އެގެއަށްގޮސް ދޮރުގައި ޓަކި ދިނުމުންވެސް އެއްވެސް މީހަކު ދޮރު ނުހުޅުވިކަމަށެވެ.
އަދި ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވައިންއިރު އެގެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ ގެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ވަރަށް ގިނަ ސާމާނު ފެނިފައިވެ އެވެ. އަދި މައްސަލައިގެ ތުހުމަތުގައި 34 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
2 Responses
ތީ މަޖަލަކަށް ކުރިކަމަކަށްވާނީ. ޕީޖީ އަށް ތިކަން އެނގޭނެ އެއީ މަޖަލެއްކަން. އޭނާ ބަނގުރާ ފުޅި ހިފައިގެން އުޅެ ފޮޓޯނަގައި އިޝްތިހާރު ކުރުމާއި މި މީހުން މަޖަލަކަށް ކެއްކުމާ ހުރި ތަފާތަކީ ކޮބާތޯއެވެ.؟ މީހުނާއި އެކަން ކުރި ތަނުގެ ތެފާތު ނޫންތޯއެވެ. މުޅި ދައުލަތް ޚަރާބު ކޮށްފިއެވެ.
ތަންކޮޅެއް ކުރިން މިރާއްޖެ އައި ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް މަސްތުވާތަކެއްޗާމެދު ހޭލުންތެރިކުރުވަން. ސަރުކާރުގެ އޮފީސްތަކުންނާއި އެން. ޖީ. އޯ. ތަކާއި އަދި އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވި. އެ ޖަމްއިއްޔާއިން ވަޑައިގެންނެވި ބޭފުޅުން ވަރަށް ރަނގަޅަށް އޮޅުންފިލުވާދެއްވި މަސްތުވާ އެއްޗެއްސަކީ ކޮބައިކަމާއި އެތަކެތި ތައްޔާރުކުރާނެގޮތާއި ތަފާތު ގޮތްގޮތަށް ތައްޔާރުކުރުމުން އަގަށް އަންނާނެ ބަދަލުތައް. ކަމާބެހޭ ލުއި ކަރުދާސްތަކެއްވެސް ދިން. ދެތިން ދުވަހަށް ދިގުދެމިގެން ދިޔަ އެ ބައްދަލުވުމުގައި އަޅުގަނޑުވެސް އަތްޖަހަން އިނީމު.