ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މުއްދަތު ޖަހައިފި

މާލޭ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.   ފުލުހުން ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ޒުވާނެއްކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހައިފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. […]

ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ޒުވާނެއްކަމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، ހެންވޭރު ތުއްރަވާސް ގޯޅިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް […]

ޓެކްސް ނުދައްކާ ފަރާތްތަކެއްގެ މައުލޫމާތު އާންމުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [މީރާ] އަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެއްގެ މައުލޫމާތު އެ އޮތޯރިޓީން އާންމުކޮށްފި އެވެ. މީރާއިން ނަން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން އެ އިދާރާއަށް ހުށަނާޅާ ފަރާތްތަކުގެ ނަންތަކެވެ. މިއީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައި ނުވާ […]

ކާނަލް ނަޝީދު އެދެނީ އަލަމްގީރު އާ އެކީ އުޅުނު ވީޑިއޯގެ އެނަލިސިސްއެއް ހަދަން

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެމްޑީ އަލަމްގީރުގެ ކޮޓަރީގައި ހުއްޓައި ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އެދިއްޖެއެވެ. ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.   ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުއާ އެކު އެއްކޮޓަރިއެއްގައި ނަޝީދު ހަރަކާތްތެރިވާ ވީޑިއޯތަށް ވަނީ އާންމުކޮށްލާފައެވެ. އެ ވީޑިއޯތައް އާންމުކުރީ ވަކިވަކި ވީޑިއޯތަކެއްގެ ގޮތުގައެވެ. ވީޑިއޯތައް އާންމުވާން ފެށުމާއެކުވެސް ނަޝީދުވަނީ އޭގެއިން […]

ދެ އަހަރަށް އުފެއްދި އިންތިލާގީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސުލް ޖުމުހޫރިއްޔާ ނިންމަވައިފި

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސްގެ މުއްދަތު އިތުރުކުރަން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި އޮފީސް އުފެއްދީ ދެ އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވާން ދެ މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް މިއަދު ރައީސް […]

ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކޮށްފައިވާނަމަ ރަޖިސްޓްރީ ބާތިލު ކުރާނަން: މިނިސްޓަރު ނަހުލާ

ގަވާއިދާއި ހިލާފަށް އުޅަނދު ރަޖިސްޓްރީ ކޮށްފައިވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ދެއްވައިފިއެވެ. މިނިސްޓަރ ނަހުލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުޅަނދުތައް ރަޖިއްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށާ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާނަމަ ބާތިލް ކުރައްވާނެ ކަމަށެވެ. ”ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން“ މިނިސްޓަރު […]

ސައިބަރ ސޭފް މޯލްޑިވްސް ވެގެންދާނީ ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް އެޅޭ ބިންގަލަކަށް : ނައިބް ރައީސް

ސައިބަރ ސޭފް މޯލްޑިވްސް ގައުމީ ކެމްޕޭން ވެގެންދާނީ ރައްކާތެރިކަމާއިއެކު އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ”ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022“ ޕްރޮގްރާމްތައް އިފްތިތާހްކުރުމަށް މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައ ވާހަކަފުޅު ދައްކަވަމުްނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. […]

މެންބަރުންގެ އަގްލަބިއްޔަތު އެބައޮތް، އިތުބާރު ނެތްކަމަށް ސޮއިކުރެއްވީ 12 މެންބަރުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް  ސޮއިކުރެއްވީ 12 މެންބަރުން ކަމަށާ މަޖިލީހުގެ އަގުލަބިއްޔަތު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ގެއްލުނު މައްސަލާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ތުހުމަތެއްގެ ރައްދުގައެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އަޒުހާން ހޯދުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށާ އަދި […]

ޕޮލިސް ސްޓޭޝަނަށް  ވަދެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

މާފަންނު ޕޮލިސް ސްޓްޭޝަނަށްވަދު ފުލުހަކަށް އިންޒާރު ދިން ކަމަށް ތުހުމަތުކުރެވިގެން ހޯދަމުްން ދިޔަ މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޛުހާނު އިސްމާއީލް (31އ) އެވެ. ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން މިއަދު އަޛުހާނު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިއުލާން ކުރަމުން ފުލުހުން ބުނެފައިވަނީ އަޛުހާނު ހޯދަމުން އަންނަނީ ފުލުހުންގެ […]

އައްޑޫ ސިޓީން ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ، ހުރީ ދޯންޏެއްގައި

އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދި އުބައިދުއްލާ ހަސަން ފެނިއްޖެއެވެ. ފުލުހުން ބުނީ އި އުބައިދުއްލާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 ހާއިރު އެވެ. އޭނާ ހޯދުމަށް ފުލހުން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ. އަދި ރޭ ދަންވަރު ފުލުހުން ބުނީ އުބައިދުއްލާ ފެނިފައިވާ ކަމަށާ އޭނާ ހުރީ މަސް ދޯންޏޭއްގައި ކަމަށެވެ. އަދި އޭނާގެ ހާލުރަގަޅު ކަމަށާ އޭނާ އާއި ގުޅިއްޖެ ކަމަށް ވެސް ފުލުހުން ބުނފައިވެއެވެ. އައްޑޫއިން […]