ޕޮލިސް ސްޓޭޝަނަށް  ވަދެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މާފަންނު ޕޮލިސް ސްޓްޭޝަނަށްވަދު ފުލުހަކަށް އިންޒާރު ދިން ކަމަށް ތުހުމަތުކުރެވިގެން ހޯދަމުްން ދިޔަ މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޛުހާނު އިސްމާއީލް (31އ) އެވެ.

ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން މިއަދު އަޛުހާނު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިއުލާން ކުރަމުން ފުލުހުން ބުނެފައިވަނީ އަޛުހާނު ހޯދަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން މީގެ ކުރިންވެސް އޭނާ ހައްޔަރުކުރިއެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު އޭގެ އަނެއް ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ބުނެ މިނިވަން ކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން އޭރު ބުނެފައިވަނީ އޭނާ ހައްޔަރުކުރީ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމާއި ގުޅިގެން ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިނުމުން ކަމަށެވެ.

ފުލުހަށް އިންޒާރު ދިން މައްސަލައަކާއި ގުޅިގެން އަޛުހާނު އިސްމާއީލް ހައްޔަރުކޮށްފައިވާއިރު ފަހަކަށް އައިސް ފުލުހުންނަށް ދޭ އިންޒާރުތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް