މެންބަރުންގެ އަގްލަބިއްޔަތު އެބައޮތް، އިތުބާރު ނެތްކަމަށް ސޮއިކުރެއްވީ 12 މެންބަރުން: ނަޝީދު

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް  ސޮއިކުރެއްވީ 12 މެންބަރުން ކަމަށާ މަޖިލީހުގެ އަގުލަބިއްޔަތު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ގެއްލުނު މައްސަލާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ތުހުމަތެއްގެ ރައްދުގައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަޒުހާން ހޯދުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށާ އަދި އަޒްހާން ހޯދަން 200 މީޓަރު ޗެކްކޮށްލަން ވެސް ފުލުހުންނަށް ނުކެރުނު ކަމަށް ޝިޔާމު ތުހުމަތު ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ކެއުން ނޫން މަސައްކަތެއް ނުކުރެވި ނަތީޖާ ޒީރޯ ކަމަށާ އެ މީހުން ފޭލްވުމުން މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރާ ކަމަށެވެ.  އެއީ މަޖިލީހުގެ ރައީސް ވެސް ކޮމްޕްރޮމައިޒްވެވަޑައިގެންފައި އިންނަވާތީ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ރައީސް ނަޝީދު ހުންނެވީ ގޭކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕްރަމައިޒް ވެފައި ކަމަށާ އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ 42 މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށެވެ.

”ގޭކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕްރޮމައިޒްވެފައި ތިޔަ އިންނެވީ. 42 މެންބަރުންގެ ސޮއި ފައްޔާޒު [އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް] އަތުގައި އޮވެގެން ކޮމްޕްރޮމައިޒްވެފައި އިއްޒަތްތެރި ރައީސް ތިޔަ އިންނެވީ.“ ޝިޔާމް ވިދާޅުވި އެވެ.



ޝިޔާމްގެ ވާހަކަ ނިންމަވާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ”ކޮމްޕްރޮމައިޒް“ ވެފައިވާ ހާލުގައި އެއްވެސް މަގާމެއްގައި ނުހުންނަވާނެ ކަމަށެވެ.

”އަޅުގަނޑު ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ޔަގީންކޮށް އަރުވަން، މި ގޮނޑީގައި މި މަގާމުގައި އަދި އެހެން އެއްވެސް މަގާމެއްގައިވެސް އަޅުގަނޑު ދުވަހަކުވެސް ނީންނާނެ ކޮމްޕްރޮމައިޒްވެފައެއް،“ ނަޝީދު ވިދާޅުވި އެވެ.

އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްވެ ހުންނަވާ އިތުބާރު ނެތް ކަމަށް ނަގަން މަސައްކަތްކުރެއްވި ކަމަށާއި އޭގައި ސޮއި ކުރެއްވީ 12 ވަރަކަށް މެންބަރުން ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވި އެވެ.

 
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެން ނެވެ. ނަމަވެސް މިހާރު އެކަން އޮތީ ހުއްޓިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް