ވޭޕާއި ޝީޝާ: ސަޅިއެއް ނޫން، ފުރާނައަށް ނުރައްކާ 

ދުން ގުޑުގުޑާ ބޮއުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ކަމެކެވެ. ދުންފަތާއި، ފެހި ކޯލަވާޓަރާއި އެނޫންވެސް ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އެޅުމަށް ފަހު ހަށިގަނޑުގެ އެތެރެޔަށް އެ ދަމާލާ ދުންތަކުން އެތައް ގުނަވަނެއް ނުރައްކަލަށް ހުށަހެޅެވެ. ޒަމާން ބަދަލުވެ، މިއަދުމީ އީ- ސިނގިރޭޓާއި ވޭޕާއި ޝީޝާގެ ޒަމާނެވެ. ފުރަ މާލޭގައިވެސް، އެފަދަ ޚިދުމަތްތައް ވިއްކާ އެތައް ކެފޭ އެއް އެބަހުއްޓެވެ. ޝީޝާ ބުއިމަކީ މިއަދު ޒުވާނުންގެ މެދުގައި މަގުބޫލު ކަމެކެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ޝީޝާ ކެފޭތައް ހުންނަނީ […]

ރަޙިމްގެ ގުޅުން ދެމެހުއްޓުމަކީ ވާޖިބެއް 

ރަޙިމްގެ ގުޅުން ދެމެހުއްޓުމުގެ ވާޖިބުކަމާއި، ގުޅުން ކަނޑާލާ މީހާގެ މައްޗަށް އައިސްފައިވާ ވަޢީދުގެ ބަސްތައް އެއީ ނުހަނު ގިނަވެގެންވާ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ޙަދީޘްފުޅެއް އަޑުއަހާލާތޯއެވެ! “ މާތްﷲ އާއި އާޚިރަތް ދުވަހަށް އީމާންވެއްޖެ މީހާ ފަހެ ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ.“ ކޮންމެ މީހެއްވެސް ރެޔާއި ދުވާލު މަސައްކަތް ކުރަނީ މުދަލާއި ރިޒްޤު އިތުރުކޮށް ހޯދާ، ޞިއްޙަތު ސަލާމަތުން ދުނިޔޭގައި ހުރެ ރަނގަޅު މަރަކުން މަރުވުމަށެވެ.  އެކަމަކު އެ ކަމަށްވާ ސަބަބު ދޫކޮށްލާފައި ކިތަންމެ މަސައްކަތެއް ކުރިޔަސް އޭގެ […]

މާސާ އަމީނީގެ މަރުގެ މައްސަލައިގައި އީރާނުން އެމެރިކާ ކުށްވެރިކޮށްފި 

އީރާނުގެ ޖޮއިންޓް އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި މާސާ އަމީނީގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ދެ ނޫސްވެރިންނަކީ އެމެރިކާއިން ތަމްރީނުކޮށްފައިވާ ދެމީހުންނެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.  އެމެރިކާ އާއި އަލްބޭނިޔާއާ ދެމެދު މިކަމާ ގުޅިގެން ޔޫއެންއެސްސީ މީޓިންގްއެއް އަންނަ ބުދަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި އީރާނުގެ ނޯބެލް ޕީސް ޕްރައިޒް ވިނާއެއް ކަމުގައިވާ ޝީރީން ޢާބާދީ އާއި އެ ގައުމުގެ ފިލްމުކުޅުންތެރިއެއް ކަމަށްވާ […]

މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން: މަހްލޫފް

މި ސަރުކާރަށް މުހިންމު ވަނީ ހަމައެކަނި ވޯޓެއް ނޫން ކަމަށާ ތަރައްގީ ވެސް ބޭނުންވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ފަރީލާ ޚާލިދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މި ސަރުކާރަށް މުހިންމުވަނީ ހަމައެކަނި ވޯޓު ނޫންކަމަށާ ވަގުތު ޖެހުނީމަ ވޯޓް ދޭ ބައެއް ނިންމާނީ ރައްރިތުން ކަމަށެވެ. “ވޯޓު އައިސް ޖެހުނީމަ ރައްޔިތުން ނިންމާނެ ކޮންބަޔަކަށްތޯ ވޯޓުދޭނީ. […]

މުފްތީ މެންކްގެ ދަރުސް އޮންނަ ތަން ބަދަލުވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ މިރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ދަރުސް އޮންނާނީ މާދަމާ ރޭ އައްޑޫ ހައި ސްކޫލްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދަރުސް ބާއްވާތަން ބަދަލުކުރީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. އަދި ތަން ބަދަލުވި ނަމަވެސް […]

ވޯލްޑް ކަޕް ބަލަން ގަތަރް އަށް ފައިމަގުގައި ދާން އުޅުނު މީހެއް ހައްޔަރުކޮށްފި 

ވޯލްޑް ކަޕް ފެށެންވާއިރަށް ގަތަރަށް ދިޔުމަށް ފައިމަގުގައި ދަތުރު ކުރަމުން ދިޔަ ސްޕޭންގެ މެޑްރިޑަށް ނިސްބަތްވާ ސާންޓެއޭގޯ ސާންޗެޒް ހައްޔަރުކޯށްފިއެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އީރާނުންނެވެ.  ނޮވެމްބަރ 20 ވަނަ ދުވަހު ފެށޭ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށްޓަކައި ސާންޓެއޭގޯ މި ދަތުރު ފަށާފައިވަނީ މީގެ ދެތިން މަސް ކުރިންނެވެ. އޭނާގެ މި ދަތުރާ ބެހޭ ހުރިހާ ކަމެއް އޭނާ ދިޔައީ އިންސްޓާގްރާމްގައި ޕޯސްޓްކުރަމުންނެވެ. ވަކި ހިސާބަކުން އޭނާ ގެއްލުނުކަން މީހުންނަށް […]

ހަށިގަނޑަކީ ވާރިސުންގެ ހައްގެއް، ހުއްދަ ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް ގާނޫނުން ލިބިފައި ނުވޭ: އާޒިމާ ޝުކޫރު

މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ހުއްދަނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ދީފައި ނުވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ. އާޒިމާ މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުއްލާ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުން، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އެކަމާ ދެކޮޅަށް އާއިލާއިން ކަންބޮޑުވުން ފާޅުކުރުމުން ލިޔެފައިވާ ހަބަރެއް ޝެއާކުރަމުން ސޯޝަލް […]

ފަލަސްތީނުގެ ކަލްޗަރަލް އޯގަނައިޒޭޝަންގެ ރައީސް މާލޭގެ މޭޔަރާއި ބައްދަލު ކުރައްވައިފި 

މާލޭގެ މޭޔަރ ޑރ. މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް މުސްލިމް އިމްރާން ކުރައްވައިފިއެވެ. މުސްލިމް އިމްރާނަކީ ފަލަސްތީނު ކަލްޗަރަލް އޯގަނައިޒޭޝަންގެ މެލޭޝިޔާ ގޮފީގެ ރައީސްއެވެ. މިއަދުގެ ބައްދަލުވުމުގައި އިމްރާން މޭޔަރ މުއިއްޒުއަށް ފަލަސްތީނުގެ މިއަދުގެ ޙާލަތާއިބެހޭގޮތުން މަޢުލޫމާތް އަރުވާފައިވެއެވެ. އެގޮތުން މިހާރުވެސް ހަ ހާހެއްހާ ފަލަސްތީނުގެ ރައްޔަތުން އިޒްރޭލްގެ ޖަލުތަކުގައި ބަންދު ކުރެވިފާވެއެވެ. އޭގެތެރެއިން ގިނަމީހުންނަކީ ޝަރިޢަތެއް ކުރުމެއްނެތި އަދި މުއްދަތެއްނެތި ބަންދުޖަހާފައިވާ މީހުންނެވެ. މިބައްދަލުވުމުގައި މުސްލިމް އިމްރާން އެދިވަޑައިގަތީ ފަލަސްތީނުގެ މިނިވަންކަމާއި އިންސާފަށް ކުރަމުންގެންދާ މަސައްކަތުގައި ދިވެހިން ދެމުންގެންދާ […]

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ޔޫރަޕްގެ ގައުމެއްކަމަށްވާ ނެދަލެންޑްން ރާއްޖެއަށް  ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕާރުސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށެވެ. ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް އޭގެ ތެރެއިން ކަމަށެވެ.އަތުލައިގަނެފައިވަނީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ […]

ޔޫރިން އިންފެކްޝަން ރަނގަޅުކުރަން އަނޯނާ ވަރެއް ނެތް! 

އަނޯނާއަކީ ދިވެހި އަތަ ނިސްބަތްވާ އާއިލާއަށް ނިސްބަތްވާ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. އަނޯނާއަކީ ސިއްޙީ ފައިދާތަކުން ފުރިގެންވާ މޭވާއެކެވެ. އެގޮތުން އަނޯނާގައި ގިނަ އަދަދެއްގެ ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ފައިބާ، ޕޮސްފަރަސް، މެންގަނީޒް، ކޮޕާ ފަދަ މާއްދާތައް އެކުލެވިގެންވެއެވެ. އަނޯނާއިން ލިބިދޭ ސިއްހީ ބައެއް ފައިދާތައް: – ޔޫރިން އިންފެކްޝަނުން ސަލާމަތްވުން (ކުޑަކަމުދާ ނިޒާމުގައި ޖަރާސީ އެޅުމުން ރައްކާތެރިކޮށްދިނުން : އަނޯނާގައި […]