ރައްޔިތުން ފެލާލަން ނުއުޅުއްވާ!

ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތަކާއި މުދާތައް ސަރުކާރުގައި ހިމެނޭ ވަގުންގެ އަތުގައި  ބަހައްޓާފައި ރައްޔިތުން ފެލަން ނުއުޅުއްވާށެވެ. މިގައުމުގެ ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި، ވަޒީރުކަން ކުރެއްވި އަދި ކުރަށްވަމުންދާ ބައެއް ވަޒީރުން އަދި މިނޫންވެސް ބައެއް ފަރާތްތަކުން ދައުލަތުން ވަގައްނަގާފައި ހުރިފައިސާއާއި މުދާ އަނބުރާ ހޯއްދެވުމަށްފަހު ދައުލަތުގެ ތިޖޫރީއަށް ވައްދަވާށެވެ. މިއީ 2018ގެ ކެމްޕައިން ވަޢުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި ފުރިހަމަ ވަޢުދެވެ. އެހެނީ ދައުލަތުގެ ޚަޒާނާއިން ވައްކަމާއި ފޭރިފައިވާ ފޭރުމަކީ ސީދާ ރައްޔަތުމީހާގެ ޖީބުން ފޭރިފައިވާ ފޭރުމެއްކަމުގައި ވާތީއެވެ.  އުފެއްދެވި ރިކަވަރީ ކަމިޝަން ބޭނުންކޮށްގެން އެ ޚިޔާނާތުގެ ބައިވެރީން […]

މިގައުމު ބިނާކުރުމުގައި އަވަށްޓެރިންގެ ތަޖްރިބާވެސް ބޭނުން

އަވަށްޓެރި އިންޑިއާއަކީ އަޅުގަނޑުމެން ދަތުރުކުރަން ބޭނުންވާ ޑިމޮކްރެސީގެ ނަމޫނާއެކޭ ބުނެވިދާނެއެވެ. ނަމޫނާއެކޭ މި ބުނީ އޭގައި ރަނގަޅު ގޮތްތަކަކާއި ނުރަނގަޅު ގޮތްތަކެއްވެސް ހިމެނިފައި ވާތީއެވެ.  ނުރަނގަޅ ުކަމަށްބެލެވޭ ކަންތައްތައް ދޫކޮށްލާފައި ރަނގަޅު ކަންތަކުން ފިލާވަޅު ލިބިގަތުން ބޭނުމެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ އިސްސަފުގައި އޮންނަން ޖެހޭ ގައުމެކެވެ. އާބާދީގެ ގޮތުން މުޅިދުނިޔޭން ދެވަނަ އެވެ. ތަޢުލީމާއި ތަފާތު ހުނަރުގެ ތަޖްރިބާކާރުންގެ ނިސްބަތުން މުޅި ދުނިޔޭން އެއްވަނައޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ބިމުގެ މުއްސަނދި ކަންވެސް އުޅޭނީ ދުނިޔޭގެ އެންމެ މުއްސަނދި ދިހަ ގައުމުގެތެރޭގައެވެ. ތަރައްގީގެ މަގުގައި […]

ޓީބިލަށް އެންމެނަށްވެސް ދެން އިންވެސްޓް ކުރެވޭނެ – އަމީރު 

އާންމު ރައްޔިތުންނަށްވެސް ޓްރެޝަރީ ބިލް އަށް އިންވެސްޓްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ގައުމުގެ އިކޮނޮމީ ހީނަރުވެ ހާސްކަމެއްގެ ތެރޭގައި ވުމާއިއެކު އިކޮނޮމީ ރަނގަޅުކުރެއްވުމަށް އަޅުއްވަން ގަސްދުުކުރައްވައި ގިނަގުނަ ފިޔަވަޅުތަކުގެ ތެރޭގައި މިއީވެސް ހަރުދަނާ ފިޔަވަޅެއް ކަމުގައި މިނިސްޓަރ ދެކެވަޑައިގަންނަވާ ކަމުގައެވެ. މެމްބަރަކު މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ޓްރެޒަރީ ބިލް އިޝުއަރެންސްގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ސީދާ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި […]

ޗާގޮސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް  

ޗާގޮސް މައްސަލައިގައި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެލެއްވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި […]

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ގާޒީ ފަހީމަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ގާޒީ ފަހީމް އިއުތިރާފްވި މައްސަލައިގަ އެވެ. ޖޭއެސްސީން […]

ކަރަޓް ކަޑައިލުމުން އެފްއޭއެމް އަށް ކުށްވެރިވީ ސްޓެލްކޯ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑައިލި މައްސަލައިގައި އެ އެސޯސިއޭޝަނުން ސްޓެލްކޯ ކުށްވެރިކޮށްފި އެވެ. އެފްއޭމްއިން ސްޓެލްކޯއަށް ދަށްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިގެން ވެސް ދައްކާފައިނުވާތީ ސްޓެލްކޯއިން އިއްޔެ ވަނީ އެފްއޭމްއިން ކަރަންޓު ކަނޑާލައިފައެވެ. އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ ގަވާއިދާ ހިލާފަށް ބިލް ކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އެފްއޭއެމް އިމާރާތް […]

ޒުވާނުންގެ މައްސަލަތަކަށް ހެޔޮ ނަތީޖާ ފެންނަންފަށައިފި: ރައީސް

ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާއީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން […]

ޒުނާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި

މިއަހަރުގެ ޒުވާނުންގެ އެވޯޑް އެކި ދާއިރާ ތަކުން 10 ޒުވާނަކަށް ދީފި އެވެ. އެވޯޑް ހާސިލް ކުރި ފަރާތްތަކަށް އެ ވޯޑް ހަވާލުކޮށްދެއްވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. މި އެވޯޑުތަކުގައި ހިމެނެނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ދެއްވާ ހާއްސަ އެވޯޑެވެ. […]

އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް ފަތުރުވެރިން ދަތުރުނުކުރމަށް އެމެރިކާއިން އިންޒާރުދީފި 

މި މަހު ފަސްވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރެފައިވާ ޓްރެވެލް އެޑްވައުޒަރީގައި ވަނީ ފަތުރުވެރިން އިންޑިޔާގެ ބައެއް ހިސާބުތަކަށް ދަތުރުނުކުރުމަށް އިންޒާރުދީފައެވެ. އެއީ އެ ސަރަހައްދުތަކުގައި ޓެރަރިޒަމް އާއި މި ނޫންވެސް އެހެނިހެން ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އެމެރިކާއިން ހާމަކުރެއެވެ. ދަތުރުކުރުން އެންމެ ނުރައްކާރެތި ކަމަށް މި ޓްރެވެލް އެޑްވައިޒެރީގައި އިންޑިޔާގެ 17 އަވަށެއް ފާހަގަކޮށްފައިވެއެވެ. އެ ގައުމަށް ދަތުރު ނުކުރުމަށް އަންގަން މެދުވެރިވި ސަބަބު […]

ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނެ – ޕޮލިސް

   ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ  ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވާތީ ވަރަށް ކަންބޮޑުވާން ޖެހެއެވެ.     ރާއްޖޭގެ ތަންފީޒީ ބާރަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގައިހަދާފައިވާ ގާނޫނު ތައް ތަންފީޒު ކުރާ ފަރާތުން އެކަން ކަން ކުރަން ނުކެރޭ ހިސާބަށް ދިއުމަކީ ރާއްޖެ އަމަން އަމާންކަން ގެއްލި ގައުމުގެ އިސްތިގްލާލާ ކަރާމާތް ގެއްލިގެން ހިނގައިދާނޭ ސަބަބެކެވެ.      ރާއްޖޭގައި އުފެދިފައި ގޭންގްތަކާއި އެ ގޭންގްތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ގޭންގް ތަކުގެ ޢަދަދާއި ގޭންގުތަކުގެ ބައިވެރިންނާއި އެމީހުން އުޅޭ ތަންތަނަށް ދާންދެން މޯލްޑިވްސް […]