ގަދަކަމުން ލޯތްބެއް ނުވެވޭނެ، މިއީ އެންމެ ފަހުގެ ދޮން ދިނުމުގެ ވަގުތު- ރަޝިޔާ 

ގަދަކަމުން ލޯވި ނުވެވޭނެ ކަމަށާއި މިއީ ހުޅަނގުގެ ގައުމުތަކަށް އެންމެފަހުގެ ދޮންދިނުމުގެ ވަގުތުކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ބަނޑުބޮޑުވެނުވަމަސް ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ހުޅަނގުގެ ގައުމުތަކުގައި ސިޔާސީގޮތުން ގާއިމްވެ ތިބުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ނޫން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ.  ޚާރިޖީ ވަޒީރުގެ މި ބަޔާނުން ހާމަވެގެންދާ ގޮތުގައި މިއީ ހުޅަނގުގެ ގައުމުތަކާއެކު ރަޝިޔާއިން އޮންނަ ސިޔާސީ ގުޅުން ކަނޑާލާފާނެ ކަމުގެ ނިޝާނެކެވެ. އަހަރެމެންގެ ރައްޔިތުންނާއި ދޭތެރޭ ހުޅަނގުގެ ގައުމުތަކުން ދެކެނީ ވަރަށް […]

އެސްފީނާއާއި އޭގެ ފަރުވާ!

އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމެވެ. އެސްފީނާ ޖެހެނީ ހަމައެކަނި އިގްތިޔާރުގައެއް ނޫނެވެ. ބޭއިހްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. އަދި ހަސަދަވެރީންގެ ހަސަދައިގެ ސަބަބުންވެސް އެސްފީނާ ޖެހިދާނެއެވެ. މާ ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّـهِ مِن شَيْءٍ ۖ إِنِ الْحُكْمُ […]

ރަޝިޔާއިން އީރާނުގެ ޑްރޯން ބޭނުންކުރާތީ އިސްރާއީލް ރުޅިގަދަވަނީ! 

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމާގައި މެދުއިރުމަތީގެ ހަތިޔާރު ބޭނުންކުރަން ފެށުމުން އެ ހަނގުރާމައިގެ ތެރެއަށް ޔޫކްރެއިންގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ  އިސްރާއިލުން ވަދެފާނެކަމަށް ބެލެވެން ފަށައިފިއެވެ. ޑްރޯން ޙަމަލާތައް ގިނަވަމުން ދިއުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއިއެކު އިސްރާއީލުންވެސް ޔޫކްރެއިނަށް ހަނގުރާމައިގެ މަދަދާއި ޓެކްނޯލޮޖީ ފޯރުކޮށްދިނުމަށް އިސްރާއީލުގެ އެތެރޭންނާއި ބޭރުން ބާރު އަޅަމުން އެބަގެންދެއެވެ. އިސްރާއީލުގެ ބައެއް ވަޒީރުން ވެސް މިކަން އަވަސްކުރަން ގޮވާލަމުން އެބަ ގެންދެއެވެ.އެހެންނަމަވެސް ފާޅުގައި ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނަށް އެހީ ފޯރުކޮށްދޭނަމަ އެގައުމުގެ އާބާދީގައި ހިމެނޭ މިލިއަނަކަށްވުރެން ގިނަ […]

މެލޭޝިއާގައި އިސްރާއީލުން ހަ މީހަކު ވަގަށްނަގަން އުޅެނިކޮށް ސަލާމަތްކޮށްފި

އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު)ން މެލޭޝިއާގައި ގާއިމް ކޮށްފައިވާ ގޮތްޕަކުން ފަލަސްތީނުގެ ހަ މީހަކު ވަގަށް ނަގަން އުޅެނިކޮށް މެލޭޝިއާ ސަރުކާރުން އެ މީހުން ސަލާމަތްކޮށްފިއެވެ. މެލޭޝީއާގެ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި މޯސާދުގެ ގޮތްޕެއް އިސްރާއީލުން އެގައުމުގައި ގާއިމުކޮށްފައިވާއިރު އެ ގޮފީގައި ހިމެނެނީ މެލޭޝިއާގެ 11 މީހެކެވެ.  މި ގޮފިން ވަނީ ފަލަސްތީނުގެ ތަޖުރިބާކާރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި އެ މީހާ ހައްޔަރުކުރިތާ 24ގަޑި އިރު ނުވަނީސް އެ މީހާ […]

ބަނގުރަލާއި ސިނގިރޭޓް: ފުރަމޭގެ ކެންސަރަށް ހުޅުވޭ ބޮޑު ދޮރެއް! 

ފުރަމޭގެ ކެންސަރަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު ވައްތަރުގެ ކެންސަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއްމު ގޮތެއްގައި ފުރަމޭގެ ކެންސަރު ޖެހެނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް މަދުން ނަމަވެސް 45 އަރުން ދަށުގެ މީހުންނަށް ފުރަމޭގެ ކެންސަރު ޖެހެއެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން ނުވަތަ ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. ފުރަމޭގެ ކެންސަރު ދެބަޔަކަށް ބެހެއެވެ. އެއީ ޕްރައިމަރީ […]

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދެން ކުރިއަކަށް ނުދާނެ – އެމެރިކާ 

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއާރ ދެއްވި ބަސްދީގަތުމެއްގައި އީރާނުން ނިއުކްލިއަރ ހަކަތަ އުފެއްދުން ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން 2015 ވަނައަހަރު އެއްބަސްވެވުނު  ޖޭ. ސީ. ޕީ. އޯ. އޭ ގެ އެއްބަސްވުމުން ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާ އެކަހެރި ވުމާގުޅިގެން އަލުން އެ އެއްބަސްވުމުގައި އެމެރިކާއާއި އީރާން އެއްގަލަކަށް އެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް މިއިން ޒަމާނަކުވެސް ދެން ކުރިއަށް ނުދާނެކަމަށާއި އެހެންނަމަވެސް ޑިޕްލޯމެސީގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައިކަމަށް ވިދާޅުވެއްޖެއެވެ.  އެބުނެފައިވާ އެއްބަސަވުމުގައި ރަޝިޔާއާއި ޗައިނާ ޖަރުމަނާއި ފަރަންސޭސި ވިލާތާއި އަދި ޔުނައިޓެޑް ކިންގްޑަމް ވެސް ބައިވެރިވެއެވެ. އަދި […]

އައްޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު – 2

http://sandhaanu.today/24668/  އާއި ގުޅޭ…. އަނެއްބަޔަކީ ދީނުގެ ޢިލްމް ލިބިފައިވާ މީހުންނެވެ. މި ގޮވާލެވެނީ ޙައްޤަށްކަން  އެމީހުން ދެނެތިއްބަސް މާތްﷲގެ ރުއްސެވުމުގެ ކުރިޔަށް ދުނިޔޭގެ އެދުންވެރިކަން ނެރޭމީހުންނެވެ. އެއީ ތިމަތިމާމެންގެ  ވަޒީފާއާއި މަގާމްތަށް ގެއްލިދާނެ ކަމުގެ ބިރު ހީވުންފަދަ ކަންކަމެވެ. ނުވަތަ ހަމަ ކަނޑައެޅިގެން ހުރި ޙަސަދަ ވެރިކަމުން ދެކޮޅު ހެދި މީހުންނެވެ. ކޮންމެ ޒަމާނެއްގައިވެސް ގިނަ މީސްތަކުންގެ ޙާލަކީމިއެވެ. ނަމަވެސް، ޝައިހު ޢަބުދުލް ޥައްހާބު ކެތްތެރިކަމާއި އެކު ކީރިތި ޤުރުއާނާއި މާތް ސުންނަތުން ދަލީލު ދައްކަވައި މީސްތަކުން […]

ފިތުނައިގެ ތެރެއަށް ގެނބިގެންމިދާ އިސްލާމީ އުންމަތް 

މި ބަލާލަނީ ޝައިޚް މުޙަންމަދު އަލްނަގްވީގެ ޚުތުބާއަކުން ކިތަންމެ ކުޑަނަމަވެސް ފިލާވަޅެއް ކިއުންތެރިންނާ ހަމަޔަށް ގެނެސް ދެވޭތޯއެވެ. ޝައިޚުގެ ޚުތުބާއަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ކުރުމުގެ ޢިލްމާއި ވިސްނުން ލިޔުންތެރިޔާގެ ކިބައިގާ ނެތްކަމަށް އިޢުތިރާފު ވަމުންނެވެ. އެހެންނަމަވެސް އެ ޚުތުބާއިން ކިތަންމެ ކުޑަނަމަވެސް ހެޔޮ ވިސްނުމެއް ކިއުންތެރިއަކަށް ލިބި ތެދުމަގު ޚިޔާރުކުރުމަށް އެހީތެރިވެ ދީފިނަމަ މަގްސަދު ޙާސިލް ވީކަމަށް ދެކޭނަމެވެ.               ޝައިޚްގެ ޚުތުބާ ފެއްޓެވީ ފިތުނައިގެ ތަޢާރުފަކުންނެވެ. އިންސާނާގެވިސްނުމާއި ފިކުރަށް މެދުވެރިވެފައިވާ ފިތުނައެވެ. އަޅުގަނޑުމެންގެ އަޚްލާގާއި ސުލޫކަށް މެދުވެރިވެފައިވާ ފިތުނައެވެ. […]

ތިނަދޫގެ ބިން ޢިލްމީ ނޫރުން ދިއްލާލަ ދެއްވި މަޝްހޫރު ތަރި އަލްމަރުޙޫމް އަލަގޭ ބެއްޔާގެ ޒިކުރާ-2

http://sandhaanu.today/24553/  އާއި ގުޅޭ…  އަލްމަރުޙޫމް މުޙައްމަދު ޢާލީ ތަކުރުފާނު (އަލަގޭ ބެއްޔާ) އަކީ ތަޖްވީދުގެ ޢިލްމު ކިޔާވައި ދެއްވުމުގައިވެސް ފުންނާބު އުސް ބޭކަލެކެވެ. އެގޮތުން މުޙައްމަދު ޢަލީ ލިއުއްވަަފައިވާ ބައެއް ތަޖުވީދު ޢިލްމުގެ ފޮތްތަކެއް ވެސް ފެންނާން އެބަހުށްޓެވެ. ނަމަވެސް އެފޮތްތަށް ޗާޕް ކުރަން ތައްޔާރު ކޮށްފައި ވަނިކޮށް އެކަން ނުކުރެވި އެމަނިކުފާނަށް ޖެހިވަޑައި ގަތީ ދާއިމަށް ދެމިތިބެނިވި މަންޒިލަށް ދަތުރު ކުރަށްވާށެވެ. މަރުޙޫމް އަލަގޭ މުޙައްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިލީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!      މަރުޙޫމު […]

 ގައުމުގެ ހުންގާނު އިޚުލާސްތެރި ނޫން ފަރާތެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެެ.

        އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ ދައުރު ކުރަމުންދާ ބޭފުޅުންގެ ތެރޭގައި ގައުމުގެ ހުންގާނު ޙަވާލު ކުރަން ހެޔޮ ނުވާވަރުގެ ނުރައްކާ ތެރި އެތަށް ބޭފުޅުންނެއް ހިމެނެއެވެ. މި ބޭފުޅުންނަކީ ރައްޔިތުންގެ ތެރޭގައި ދިރިއުޅެމުން އަންނަ އެކި ރޮނގު ރޮނގުން ޖެހުނު ގޮތަކަށް މަޝްހޫރުކަން ހޯއްދަވާފައިވާ ރައްޔިތުންނަށް ފަތިފުށް އެގޭ ބޭފުޅުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކުރިއާލާ ކެމްޕޭނު ކުރަމުންދާ މި ދެންނެވި ބޭފުޅުންގެ ޕާޓީ ތަކަށް […]