ބަނގުރަލާއި ސިނގިރޭޓް: ފުރަމޭގެ ކެންސަރަށް ހުޅުވޭ ބޮޑު ދޮރެއް! 

Loading

Facebook
Twitter
WhatsApp

ފުރަމޭގެ ކެންސަރަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު ވައްތަރުގެ ކެންސަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއްމު ގޮތެއްގައި ފުރަމޭގެ ކެންސަރު ޖެހެނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް މަދުން ނަމަވެސް 45 އަރުން ދަށުގެ މީހުންނަށް ފުރަމޭގެ ކެންސަރު ޖެހެއެވެ.

ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން ނުވަތަ ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ.

ފުރަމޭގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. ފުރަމޭގެ ކެންސަރު ދެބަޔަކަށް ބެހެއެވެ. އެއީ ޕްރައިމަރީ ކެންސަރު އަދި ސެކަންޑަރީ ކެންސަރެވެ. ޕްރައިމަރީ ކެންސަރަކީ ފުރަމޭގައި ކެންސަރު އުފެދުމެވެ. ސެކަންޑަރީ ކެންސަރަކީ އެހެން ކޮންމެވެސް ތަނެއްގައި އުފެދޭ ކެންސަރުގެ ސެލްތައް ފުރަމެޔަށް ދަތުރުކޮށް، އެތާގައި ހާލި ހެދުމެވެ.

ފުރަމޭގެ ކެންސަރު ޖެހޭ ބައެއް ސަބަބުތައް:

– ފުރަމޭގައި ލަކުނުލުން ނުވަތަ ފުރަމޭ ހަލާކުވުން: ފުރަމޭގައި ލަކުނުލުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފުރަމޭ ދުޅަވުމުގެ ވައްތަރުތައް ކުރިމަތިވުމާއި ބަނގުރާ ބުއިން ފަދަ ކަންތައްތައް ހިމެނެއެވެ.

– ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ސީ:

– ބަނގުރާ ބޭނުންކުރުން: ދިރާސާތަކުން ދައްކާ ގޮތުގައި ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ބަނގުރާ ބޭނުންކުރުމަކީ ފުރަމޭގައި ލަކުނު ލައި، ފުރަމޭ ހަލާކުވުމަށް މެދުވެރިވާ ކަމެކެވެ.

– ފުރަމޭގައި ސަރުބީ ޖަމާވުން: މީހާ މާބޮޑަށް ފަލަވުމުން ނުވަތަ ފުރަމޭގައި ސަރުބީ ޖަމާވުމަކީވެސް ފުރަމޭގެ ކެންސަރަށް މަގުފަހިވާ ކަމެއްކަމަށް ދިރާސާތަކުންވަނީ ދައްކާފައެވެ.

– ހަކުރު ބަލިޖެހުން

– ދުންފަތުގެ އިސްތިޢުމާލުކުރުން 

ފުރަމޭގެ ކެންސަރު ޖެހޭ 20-10 ޕަސަންޓް މީހުން ފަރުވާކޮށްގެން ރަނގަޅު ކުރެވެއެވެ. އެގޮތުން އޮޕަރޭޝަން ކޮށްގެންނާއި ރޭޑިއޭޝަން ދީގެންނާއި ކީމޯތެރަޕީ ދީގެން ކެންސަރު ރަނގަޅު ކުރެވިފައި އެބަހުށްޓެވެ.

ސިއްޙަތު ސަލާމަތުން ހުރުމަކީ ހާސް ނިޢުމަތެވެ. ވީމާ ހަށިގަނޑަށް ގެއްލުންދޭ މިކަހަލަ ކަންތައްތަކުން ދުރުހެލިވާން މަޖުބޫރެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް