މެލޭޝިއާގައި އިސްރާއީލުން ހަ މީހަކު ވަގަށްނަގަން އުޅެނިކޮށް ސަލާމަތްކޮށްފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު)ން މެލޭޝިއާގައި ގާއިމް ކޮށްފައިވާ ގޮތްޕަކުން ފަލަސްތީނުގެ ހަ މީހަކު ވަގަށް ނަގަން އުޅެނިކޮށް މެލޭޝިއާ ސަރުކާރުން އެ މީހުން ސަލާމަތްކޮށްފިއެވެ.

މެލޭޝީއާގެ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި މޯސާދުގެ ގޮތްޕެއް އިސްރާއީލުން އެގައުމުގައި ގާއިމުކޮށްފައިވާއިރު އެ ގޮފީގައި ހިމެނެނީ މެލޭޝިއާގެ 11 މީހެކެވެ.  މި ގޮފިން ވަނީ ފަލަސްތީނުގެ ތަޖުރިބާކާރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި އެ މީހާ ހައްޔަރުކުރިތާ 24ގަޑި އިރު ނުވަނީސް އެ މީހާ ސަލާމަތްކޮށްފައިވާނެ ކަމަށް ވެސް މެލޭޝިއާގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވެއެވެ.

އެގައުމުގެ ސަލާމަތީ ބާރުތަކުން ބުނާގޮތުގައި މޯސާދުން ވަގަށް ނެގީ ފަލަސްތީނު މީހަކީ ޣައްޒާ މީހެކެވެ. އޭނާ ވަގަށް ނަގައިގެން ގެންގޮސްފައި ވަނީ ރަށްފުށުގެ ހިސާބަކަށްކަމަށް ވެސް ސަލާމަތީ ބާރުތަކާ ހަވާލީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.  

މެލޭޝިއާއިން ހާމަކުރި ގޮތުގައި އިސްރާއިލުން ވަގަށް ނަގަން އުޅުނު މީހުގެ ތެރޭގައި މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ކިޔަވައިދެމުން އަންނަ ފަލަސްތީންގެ ލެކްޗަރާއިން ހިމެނެއެވެ.

މެލޭޝިއާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާގޮތުގައި އިސްރާއިލުގެ ޖާސޫސީ އިދާރާއިން މެލޭޝިއާގައި ގާއިމުކޮށްފައިވާ ގޮފި ސަލާމަތީ ބާރުތަކުން މިހާރުވަނީ ނައްތާލާފައެވެ. އެ ގޮފި ނައްތާލުމަށް ހިންގި ތަހުގީގުގައި އެ ގޮފިގެ މަސައްކަތްކުރާ ޖާސޫސަރުން ގެންގުޅުނު ލިޔެކިޔުންތައް ހިމެނޭ ފައިލްތައް ފެނިފައިވާއިރު އޭގެއިން އެމީހުން ހައްޔަރުކުރަން ބޭނުންވާ މީހުންނާއި އެމީހުންގެ އަނބިދަރިންގެ މައުލޫމާތު ވެސް ވަނީ ފެނިފައެވެ. އެގޮތުން އެމީހުން އާއިލާގެ އެންމެންގެ ފޮޓޯތަކާއި އުޅޭ ތަންތަނާއި ދުއްވާ އުޅަނދުތަކުގެ ނަންބަރުތަކާއި އެ އުޅަނދުތައް ޕާކުރާތަންތަނާއި ބެހޭ މައުލޫމާތުތައް ވެސް ހިމަނާފައިވއެވެ.

މެލޭޝިޔާގެ ސަލާމަތީ ބާރުތަކުން ތުހުމަތުކުރާގޮތުގައި މޯސާދުން މެލޭޝިޔާގެ ގޮފީގައި މަސައްކުރާ މީހުންނަށް ތަމްރީނު ދިނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އެމީހުން ދިޔައީ މެލޭޝިއާގެ މުހިއްމު ތަންތަނާބެހޭ މައުލޫމާތުވެސް އެއްކުރަމުންކަމަށް މެލޭޝިއާގެ ދިފާއީބާރާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.  އެގޮތުން އެމީހުން ޖާސޫސްކޮށްފައިވާ ތަންތަނުގެ ތެރޭގައި މެލޭޝިޔާގެ ވައިގެބަނދަރުތަކާއި ސަރުކާރުގެ އިލެކްޓްރޯނިކް ކުންފުނިތައް ހިމެނެއެވެ.

މި މައްސަލައިގައި އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޯސާދުން މެލޭޝިއާގައި ހިންގި އޮޕަރޭޝަން ދިޔައީ ޕްލޭނާ އެއްގޮތަކަށް ނޫނެވެ. އަދި އެމީހުން ހައްޔަރުކުރި މީހާއަކީ އެ މީހުން ހައްޔަރުކުރަން ރޭވި މީހާ ނޫންކަމަށާ އެ މީހުންނަށް ވަގަށް ނެގުނީ އަސްލު ވަގަށް ނަގަން ބޭނުންވި މީހާގެ ރަށްޓެއްސެއްކަމަށް ވެސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކަންހިނގައިދިޔަ ގޮތް ތަފްސީލްކުރަމުން ނޫސްތަކުން ބުނެފައިވަނީ އެ އޮޕަރޭޝަންގައި ވަގަށްނަގަން ބޭނުންވި މީހާ އިން ކާރު ހިފެހެއްޓިއިރު ކާރުގައި ދެ މީހުންތިބިކަމަށާ އެތަނުން އެކަކު ދޫކޮށްލި ކަމަށެވެ. އަދި ދޫކޮށްލެވުނީ އަސްލު ވަގަށް ނަގަން ބޭނުންވި މީހާކަމަށްވެސް ނޫސްތަކުންވަނީ ރިޕޯޓްކޮށްފައެވެ. އެމީހުން ހައްޔަރުކުރި މީހާ ސަލާމަތްވީ ދޫކޮށްލި މީހާ ވަގުތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް ފުލުހުން ވަގުތުން އެ އަށް އެޓެންޑް ވުމުން ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެމީހުން ވަގަށް ނަގަން އުޅުނު މީހާއާއި އޭނާގެ ރައްޓޭއްސާ އަކީވެސް ކޮމްޕިޔުޓަރު ޕްރޮގްރާމުގެ ދެ މާހިރުންކަމަށް ވެސް ނޫސްރިޕޯޓްތައް ބުނެއެވެ.  

ދުނިޔޭގެ ގިނަ ގައުމުތަކުގައި އިސްރާއީލުގެ ޖާސޫސީ ގޮފިތައް އެކުލަވާލައިފައިވާއިރު އެ މީހުންގެ އެންމެ ބޮޑު ޓާކެޓަކީ މުސްލިމް ގައުމުތަކެވެ. އެގޮތުން އެގައުމުތަކުގެ މީހުން ގެންގޮސް ތަމްރީން ދީ އަނބުރާ ގައުމަށް ފޮނުވައިގެން އެ ގައުމުތަކާބެހޭ ގިނަ މައުލޫމާތުތަކެއް އެއްކުރަމުންނެވެ. އަދި ހާއްސަކޮށް އެ ގައުމުތަކުގައި ދިރިއުޅޭ މެދުއިރުމަތީ ގައުމުތަކަށް ނިސްބަތްވާމީހުންނަށް ޖާސޫސްކޮށް އެ މީހުންގެ މައުލޫމާތު ދަނީއެއްކުރަމުންނެވެ.

Loading

2 Responses

  1. ހުރިހާ ކަމެއްގެ ނުބައި އިޒްރޭލް. އެމެރިކާ އާއި އިނގިރޭސި ވިލާތުގެނަހަލާލު ދަރި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް