ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ގާޒީ ފަހީމަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ގާޒީ ފަހީމް އިއުތިރާފްވި މައްސަލައިގަ އެވެ. ޖޭއެސްސީން […]

ކަރަޓް ކަޑައިލުމުން އެފްއޭއެމް އަށް ކުށްވެރިވީ ސްޓެލްކޯ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑައިލި މައްސަލައިގައި އެ އެސޯސިއޭޝަނުން ސްޓެލްކޯ ކުށްވެރިކޮށްފި އެވެ. އެފްއޭމްއިން ސްޓެލްކޯއަށް ދަށްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިގެން ވެސް ދައްކާފައިނުވާތީ ސްޓެލްކޯއިން އިއްޔެ ވަނީ އެފްއޭމްއިން ކަރަންޓު ކަނޑާލައިފައެވެ. އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ ގަވާއިދާ ހިލާފަށް ބިލް ކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އެފްއޭއެމް އިމާރާތް […]

ޒުވާނުންގެ މައްސަލަތަކަށް ހެޔޮ ނަތީޖާ ފެންނަންފަށައިފި: ރައީސް

ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާއީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން […]

ޒުނާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި

މިއަހަރުގެ ޒުވާނުންގެ އެވޯޑް އެކި ދާއިރާ ތަކުން 10 ޒުވާނަކަށް ދީފި އެވެ. އެވޯޑް ހާސިލް ކުރި ފަރާތްތަކަށް އެ ވޯޑް ހަވާލުކޮށްދެއްވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. މި އެވޯޑުތަކުގައި ހިމެނެނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ދެއްވާ ހާއްސަ އެވޯޑެވެ. […]

ޓޫރިޒަމް އެވޯޑް ހާސިލުކުރި ފަރާތްތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދިން ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް“ ހާސިލު ކުރި ފަރާތަތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފިއެވެ. ޓޫރިޒަމް މިނސްޓްރީން މި ބެޖް ތައާރަފްކޮށްފައިވަނީ ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖް“ ގެ ނަމުގައެވެ.ޓޫރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ހާސިލްކުރި ފަރާތްތަކަށް އެ ބެޖް މިހާރު ހިއްސާކޮށްފައިވާ ކަމަށާ އެ އެވޯޑް ހާސިލް ކުރި ފަރާތްތަކުން ބާއްވާ […]

މެލޭޝިއާގައި އިސްރާއީލުން ހަ މީހަކު ވަގަށްނަގަން އުޅެނިކޮށް ސަލާމަތްކޮށްފި

އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު)ން މެލޭޝިއާގައި ގާއިމް ކޮށްފައިވާ ގޮތްޕަކުން ފަލަސްތީނުގެ ހަ މީހަކު ވަގަށް ނަގަން އުޅެނިކޮށް މެލޭޝިއާ ސަރުކާރުން އެ މީހުން ސަލާމަތްކޮށްފިއެވެ. މެލޭޝީއާގެ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި މޯސާދުގެ ގޮތްޕެއް އިސްރާއީލުން އެގައުމުގައި ގާއިމުކޮށްފައިވާއިރު އެ ގޮފީގައި ހިމެނެނީ މެލޭޝިއާގެ 11 މީހެކެވެ.  މި ގޮފިން ވަނީ ފަލަސްތީނުގެ ތަޖުރިބާކާރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި އެ މީހާ ހައްޔަރުކުރިތާ 24ގަޑި އިރު ނުވަނީސް އެ މީހާ […]

ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް

ކޮރަޕްޝަނުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިޖެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަ (އޭސީސީ)ން ބުނީ ”މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022“ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޮޑަށް ހާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށެވެ. އަދި މިއަހަރު މި ކޮންފަރެންސް ގެނެސްދޭނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާގުޅިގެން މިމަހުގެ 30 އިން 31 އަށް ބަނޑޮސް މޯލްޑިވްސްގައި ކަމަށެވެ. އޭސީސީން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެސްއޯއީތަކާގުޅުންހުރި އެކި […]

ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ބޮޑު އޮޅުވާލުމެއް

ހުޅުމާލޭއިން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މަކަރުވެރި ބޮޑު އޮޅުވާލުންތަކެއްގެ ދަލުގައި މީހުން ޖައްސަން ފަށައިފިއެވެ. އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުށަހަޅައި މީހުންގެ ގިނަ މައުލޫމާތުތަކެއް ބަޔަކުމީހުން ނަގަންފަށައިފިއެވެ. މިކަމަށް އެދުމަށް މެސެޖް ކުރަމުން އަންނަ އިރު އާންމުންގެ ގިނަ މައުލޫމާތުތަކެއް ފުރުމަށްވެސް އެމީހުންއަންނަނީ އެދެމުންނެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް […]

ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ބޮޑު އޮޅުވާލުމެއް

ހުޅުމާލޭއިން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މަކަރުވެރި ބޮޑު އޮޅުވާލުންތަކެއްގެ ދަލުގައި މީހުން ޖައްސަން ފަށައިފިއެވެ. އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުށަހަޅައި މީހުންގެ ގިނަ މައުލޫމާތުތަކެއް ބަޔަކުމީހުން ނަގަންފަށައިފިއެވެ. މިކަމަށް އެދުމަށް މެސެޖް ކުރަމުން އަންނަ އިރު އާންމުންގެ ގިނަ މައުލޫމާތުތަކެއް ފުރުމަށްވެސް އެމީހުންއަންނަނީ އެދެމުންނެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް […]

ފުލުހުން އަންހެހަނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންބުނަނީ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށް

ފުލުހުންގެ އިދާރައިގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވައުމުން އަންނަ ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނީ އެ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑީއޯއަކުން ފެންނަނީ ފުލުހުންގެ އިދާރާގެ ތެރެއިން އަންހެނަކު ގަދަކަމުން ނެރޭތަނެވެ. ފުލުހުން އެ އަންހެންމީހާ ނެރުނުއިރު އޭނާ ދިޔައީ ގަދަހަދައި ހަޅޭއްލަވަމުންނެވެ. މި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސްސްޓޭޝަނުގައި އެ އަންހެންމީހާއަށް ފުލުހުން އަނިޔާކޮށްފައިވާކަމަށެވެ. މިކަމާ […]