ޓޫރިޒަމް އެވޯޑް ހާސިލުކުރި ފަރާތްތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދިން ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް“ ހާސިލު ކުރި ފަރާތަތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފިއެވެ.

ޓޫރިޒަމް މިނސްޓްރީން މި ބެޖް ތައާރަފްކޮށްފައިވަނީ ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖް“ ގެ ނަމުގައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ހާސިލްކުރި ފަރާތްތަކަށް އެ ބެޖް މިހާރު ހިއްސާކޮށްފައިވާ ކަމަށާ އެ އެވޯޑް ހާސިލް ކުރި ފަރާތްތަކުން ބާއްވާ ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި މި ބެޖް ބޭނުން ކުރެވޭނެކަމަށެވެ.
”މޯލްޑިވްސް ޓޫރިޒަމް އެވޯޑް“ މިއަހަރު 27 ފަރާތަކުން ވަނީ ހާސިލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް