ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ގާޒީ ފަހީމަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.
ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ގާޒީ ފަހީމް އިއުތިރާފްވި މައްސަލައިގަ އެވެ.

ޖޭއެސްސީން ބުނީ މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގާރީނާ ހުށަހެޅުމާއި، މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާ ގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދިނުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި ގާޒީ ފަހީމު ހިލާފުވެފައިވާ ކަމަށެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް