ޒުނާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި

Facebook
Twitter
WhatsApp
259661_33ed57b2-7_

މިއަހަރުގެ ޒުވާނުންގެ އެވޯޑް އެކި ދާއިރާ ތަކުން 10 ޒުވާނަކަށް ދީފި އެވެ.

އެވޯޑް ހާސިލް ކުރި ފަރާތްތަކަށް އެ ވޯޑް ހަވާލުކޮށްދެއްވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ.

މި އެވޯޑުތަކުގައި ހިމެނެނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ދެއްވާ ހާއްސަ އެވޯޑެވެ.

އެވޯޑް ހާސިލް ކުރި ފަރާތްތައް:

  • ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ހޮވާ ލެވޭ ޒުވާނަކަށް ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމު-  އަހްމަދު އަހްނަފް ފިރާގު
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
  • ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާ: އަލީ އަމީރު
  • ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
  • ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާ: އަބްދުއްލާ ޝަހުނީޒު
  • ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
  • ދަރުމަވެރިކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
  • ފަންނުވެރިކަމުގެ ދާއިރާ: އަބްދުއްލާ ޝަފީއު
  • ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
  • ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމު

ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިފަހަރުގެ ޒުވާނުންގެ އެވޯޑު ނުވަ ދާއިރާއަކަށް ހާއްސަކޮށްގެން ދިން ނަމަވެސް 18 ދާއިރާއަކަށް ހުޅުވާލިއެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް