ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ބޮޑު އޮޅުވާލުމެއް

Loading

Facebook
Twitter
WhatsApp

ހުޅުމާލޭއިން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މަކަރުވެރި ބޮޑު އޮޅުވާލުންތަކެއްގެ ދަލުގައި މީހުން ޖައްސަން ފަށައިފިއެވެ.

އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުށަހަޅައި މީހުންގެ ގިނަ މައުލޫމާތުތަކެއް ބަޔަކުމީހުން ނަގަންފަށައިފިއެވެ.

މިކަމަށް އެދުމަށް މެސެޖް ކުރަމުން އަންނަ އިރު އާންމުންގެ ގިނަ މައުލޫމާތުތަކެއް ފުރުމަށްވެސް އެމީހުންއަންނަނީ އެދެމުންނެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް އޮޅުވާލައި މަކަރުހެދުމުގެ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަމްބަރ، އުމުރު އަދި ގުޅޭނެ ފޯނު ނަމްބަރ ޖެހުމަށްފަހު މެސެޖު ކުރުމަށާ އަދި ރަޖިސްޓަރކުރުމަށްފަހު ލިބިފައިވާ ތަރުތީބު ނަމްބަރ 969 ގެ ނަމްބަރަކުން މެސެޖު ކުރާނެ ކަމަށްބުނެ، މަކަރާއި ހީލަތުގެ މެސެޖުތަކެއް ދަނީ މީހުންނަށް ފޮނުވަމުން އަންނަ ކަމަށެވެ. އަދި މި ކަމަށް ސަމާލުވުމަށް ފުލުން ވަނީ އެދިފައެވެ.

މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މީހުން ހޭލުންތެރިކުރުމަށް ފުލުހުން އަންނަނީ މުޖުތަމައު ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް