ފުލުހުން އަންހެހަނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންބުނަނީ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށް

Loading

Facebook
Twitter
WhatsApp

ފުލުހުންގެ އިދާރައިގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވައުމުން އަންނަ ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނީ އެ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑީއޯއަކުން ފެންނަނީ ފުލުހުންގެ އިދާރާގެ ތެރެއިން އަންހެނަކު ގަދަކަމުން ނެރޭތަނެވެ. ފުލުހުން އެ އަންހެންމީހާ ނެރުނުއިރު އޭނާ ދިޔައީ ގަދަހަދައި ހަޅޭއްލަވަމުންނެވެ. މި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސްސްޓޭޝަނުގައި އެ އަންހެންމީހާއަށް ފުލުހުން އަނިޔާކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވޭ 37 އަހަރުގެ ފިރިހެނެއް މަގުމަތިން ފެނިގެން ފުލުހުން އޭނާއާ ސުވާލު ކުރި ކަމަށެވެ. ފުލުހުން އޭނާ އާއި ސުވާލުކުރަމުންދިޔައިރު މައުލޫމާތުދޭން ނުޖެހޭނެ ކަމަށްބުނެ 35 އަހަރުގެ އަންހެނަކު އެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭގޮތަށް މަސައްކަތްކޮށްފައވާކަމަށެވެ.

އެފިރިހެންމީހާ ޕޮލިސްސްޓޭޝަނަށް ގެންދިއުމުން އެ އަންހެންމީހާ އިތުރު އަންހެނަކާއެކު ޕޮލިސް ސްޓޭޝަނަށްވަދެ އެ ފިރިހެންމީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގިކަމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކަން ހުއްޓުވުމަށް ގާނޫނީ ބާރު ބޭނުންކޮށްފައިވާނެކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

“ މި އަމަލު ހުއްޓުވާ ސުލްހަވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން ސްޓޭޝަނުން އެމީހުން ނެރުމަށް މަސައްކަތްކޮށްފައިވެއެވެ.“ ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެ ދެ އަންހެނުން ނެރުމަށް އުޅުމުގެ ތެރޭގައި ފުލުހުންނަށް އަނިޔާކޮށްފައިވާކަމަށެވެ.

”އެ މީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވެއެވެ. މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.“ ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންބުނީ ފުލުހުންގެވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލަމުން އަންނަކަމަށެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތި ހޯދައި ކަންހިގައިދިޔަ ގޮތްވެސް ފުލުހުން ބަލާނެކަމަށް ވެސް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް