ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަނުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަ (އޭސީސީ)ން ބުނީ ”މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022“ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޮޑަށް ހާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށެވެ. އަދި މިއަހަރު މި ކޮންފަރެންސް ގެނެސްދޭނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާގުޅިގެން މިމަހުގެ 30 އިން 31 އަށް ބަނޑޮސް މޯލްޑިވްސްގައި ކަމަށެވެ.

އޭސީސީން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެސްއޯއީތަކާގުޅުންހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސްއޯއީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާ، އެސްއޯއީތަކާގުޅޭގޮތުން ހުރި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށެވެ.


އޭސީސީން ބުނީ މި ކޮންފަރެންސްގައި ކޮރަޕްޝަންގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކުރެވި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރވޭނެ ކަންކަމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި މީގެ  އިތުރުން އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކާ ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާ އެކަންތަކަށް އަލިއަޅުވައި މަޝްވަރާތައްވެސް ކުރެވިގެންދާނެއެވެ.


”މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022″ގެ ތީމެއްގެގޮތުގައި އޭ.ސީ.ސީން ކަނޑައަޅާފައިވަނީ ”ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން“ އެވެ.
އޭސީސީން ހާމަކުރާގޮތުގައި މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސްއޯއީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާ، އަދި މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލާ ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 32 ކުންފުނި އެކުލަވާލެވިފައިވެއެވެ. އޭގެ ތެރެއިން 29 ކުންފުނީގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮވެއެވެ. އަދި 22 ކުންފުންޏަކީ ހަމައެކަނި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށްވާއިރު، 6 ކުންފުންޏަކީ ޕަބްލިކަލީ ލިސްޓެޑް ކުންފުނިތަކެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް