އެސްފީނާއާއި އޭގެ ފަރުވާ!

Facebook
Twitter
WhatsApp
0109911C-58AE-42C5-B9F2-1877110BA4B4

އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމެވެ. އެސްފީނާ ޖެހެނީ ހަމައެކަނި އިގްތިޔާރުގައެއް ނޫނެވެ. ބޭއިހްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. އަދި ހަސަދަވެރީންގެ ހަސަދައިގެ ސަބަބުންވެސް އެސްފީނާ ޖެހިދާނެއެވެ.

މާ ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ.

وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّـهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّـهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ [سورة يوسف : 67]

 މާނައީ: “އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّهގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ!”

އެސްފީނާއަކީ ސިހުރު ފަދަ އެއްޗެކެވެ. އެސްފީނާގެ ސަބަބުން މީހާ މަރުވެސް ވެދާނެއެވެ. ނުވަތަ ނުކުޅެދޭ މީހަކަށްވެސް ވެދާއެވެ. އެސްފީނާއިން ސަލާމަތްވުމަށް އޮތް އެންމެ މޮޅު ގޮތަކީ ކީރިތި ޤުރުއާނެވެ. ނަމަވެސް އެސްފީނާއިން ސަލާމަތްވުމުގެ ނަމުގައި ބައެއް ފަރާތްތަކުން ކަރުގައި ތަވީދު ފަދަ ތަކެތި އަޅުވައެވެ. އެއީ އިސްލާމްދީން އެއްގޮތަކަށްވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ تَعَلَّقَ تَمِيْمَةً فَقَدْ أَشْرَكَ)

މާނައަކީ: “ތަވީދެއް ބަނދެފިމީހާ ޝިރުކު ކޮށްފިއެވެ”

އެސްފީނާގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް މައިގަނޑު ދެބަޔަކަށް ބެހިގެންވެއެވެ އެއީ ކުއްލިގޮތަކަށް މީހާގެ ފުރާނައަށް ނުރައްކާވެދާފަދަ ބޮޑެތި ކަންތައްތަކާއި ފުރާނައަށް ނުރައްކާ ނުވާޒާތުގެ ކަންތައްތަކެވެ. މިބާވަތުގެ ކަންތައްތަކުގެ ފަރުވާ ތިން ދަރަޖައަކަށް ބެހިދެއެވެ. އެއީ، ޙާދިޘާއެއް ހިނގުމުގެ ކުރިން ވަގުތުން ދެވޭ ފަރުވާއާއި ޙާދިޡާ ހިނގުމަށްފަހު ލަސްތަކެއްނުވެ ދެވޭ ފަރުވާގެ އިތުރުން ރުޤްޔާ އާއި އަޛްކާރުގެ އަލީގައި ކުރާ ފަރުވާއެވެ.

އެސްފީނާ ޖެހިފައިވާ ނަމަ އެކަމުން ރައްކާތެރިވުމަށް ޤުރުއާން ބޭނުންކޮށްގެން ރުގުޔާ ކުރެވިދާނެއެވެ. އެގޮތުން އަންނަނިވި ދުޢާތައް، ކޮންމެ ދުޢާއެއް

ހަތް ފަހަރު ފެން އެއްޗަކަށް ކިޔަވާ ފުމެލާށެވެ.

بِسْمِ اللهِ أَرْقِيْكَ مِنْ كُلِّ شَيْءٍ يُؤْذِيْكَ وَمِنْ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ اللهُ يَشْفِيْكَ بِسْمِ اللهِ أَرْقِيْكَ

މާނައީ: “މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ތިބާއަށް ގެއްލުންހުރި ކޮންމެ އެއްޗެއްގެ ކިބައިންނާއި، ނުބައި ކޮންމެ ފުރާނައެއްގެ ނުވަތަ ހަސަދަވެރި ކޮންމެ ލޮލެއްގެ ކިބައިން ތިމާއަށް ﷲ ރައްކާތެރިކަން ދެއްވުންއެދި ﷲ ގެ އިސްމުފުޅުން ތިބާއަށްޓަކައި ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ. ﷲ ގެ އިސްމުފުޅުން ތިބާއަށްޓަކައި ރުޤްޔާކުރަމެވެ.”

بِسْمِ اللهِ يُبْرِيْكَ وَمِنْ كُلِّ دَاءٍ يَشْفِيْكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَمِنْ كُلِّ ذِي عَيْنٍ

މާނައީ: “މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކޮންމެ ބަލިމަޑުކަމެއްގެ ކިބައިންނާއި، ކޮންމެ ޙަސަދަވެރިއެއްގެ ޙަސަދައިގެ ނުބައިކަމުންނާއި، ކޮންމެ އެސްފީނާއެއްގެ ކިބައިން ތިބާ ރައްކާތެރިކޮށްދެއްވާށިއެވެ”

ދެން ސޫރަތުލް ފާތިޙާ އާއި އާޔަތުލް ކުރުސި އާއި، ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތާއި ސޫރަތުލް ޤަލަމް ގެ ފަހު ދެއާޔަތާއި ސޫރަތުލް އިޚްލާޞްއާއި ސޫރަތުލް ފަލަޤާއި ފަހަރު ސޫރަތުއް ނާސް ހަތް ފަހަރު ކިޔެވުމަށްފަހު އެ ފެނަށް ފުމެ އެފެން އެސްފީނާ ޖެހުނު މީހާގެ ގަޔަށް ފުރަގަހުން އަޅާށެވެ. އަދި ޒައިތޫނި ތެލަށްވެސް ހަމަ މިގޮތަށް ކިޔަވާ ދުވާލު ދެއިރު އެތެޔޮ ގައިގާ ލާށެވެ. މިގޮތަށް ތިން ދުވަހު ނުވަތަ އެސްފީނާ ރަނގަޅުވަންދެން ކައްތައްކުރާށެވެ.

މަސްދަރު: އަލް އިސްލާމް

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް